ޑރ. މުހައްމަދު ޖަމީލް އަހުމަދު
ޑރ. މުހައްމަދު ޖަމީލް އަހުމަދު
ދިވެހި ދައުލަތަކީ މިހާރު ހުރިހާ ގޮތަކުން ވެސް ފެއިލްވެފައިވާ ދައުލަތެއް ކަމަށް ކުރީގެ ނައިބުރައީސް އަދި ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލް، ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހެނދުނު އިއްވެވި ރިޔާސީ ބަޔާނާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ޑރ. ޖަމީލު ވިދާޅުވީ މިއަދު ރައީސް ޞާލިޙް ދެއްވި ބަޔާނުން ފެންނަނީ ޚުދުމުޚުތާރުކަން ކަމުގައެވެ. އަދި ރައީސް ޞާލިޙުގެ ޒަޢާމަތުގައި މުޅި ދައުލަތް ފެއިލްވެފައިވާ ކަމުގައި ވިދާޅުވެ، ޑރ. ޖަމީލު ވިދާޅުވީ މި ސަރުކާރުންވަނީ އަސާސީ ޙައްޤުތައް ހަނިކޮށްފައި ކަމަށެވެ.

މިގެ އިތުރުން، ރައީސް ޞާލިޙަށާއި އެމަނިކުފާނުގެ ސަރުކާރަށް އިދިކޮޅު ފަރާތްތައް ތަހައްމަލުނުކުރެވޭ ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ. އަދި ޔުނިފޯމު މުއައްސަސާތައް މެދުވެރިކޮށް އިދިކޮޅު ފަރާތްތައް ފުރޭމްކުރުމުގެ މަސައްކަތް އާންމުވެފައިވާ ކަމުގައިވެސް ޑރ. ޖަމީލުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ހަމައެހެންމެ، މި ވެރިކަމުގައި ވައްކަމާއި ކޮރަޕްޝަނަކީ ފެޝަނަކަށް ވެފައިވާ ކަމުގައިވެސް ޑރ. މުޙައްމަދު ޖަމީލު ވިދާޅުވިއެވެ.

އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ބޭރުކޮށްފައިވާ ޑރ. ޖަމީލަކީ އިދިކޮޅު ފަރާތްތަކާއި ގުޅިގެން ރައީސް ޔާމިންގެ ސަރުކާރު ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ނަމަވެސް ސަރުކާރު ވެރިކަމަށް އައިފަހުން ޖަމީލު ވަނީ އަލުން ރައީސް ޔާމީނާއި ބައިއަތު ހިއްޕަވައި އިދިކޮޅާއި ގުޅިވަޑައިގެން ސަރުކާރަށް ފާޑުވިދާޅުވާންވެސް ފައްޓަވާފައެވެ. މީގެއިތުރުން މިހާރު ޑރ. ޖަމީލު ހިމެނިގެން ގޮސްފައިވަނީ ރައީސް ޔާމިން ޖަލުން މިނިވަން ކުރެއްވުމަށް އެންމެ އިސް ސަފުގައި ވަކާލާތު ކުރަށްވާ ވެސް ބޭފުޅެއްގެ ގޮތުގައެވެ.


ކިޔުންތެރިންގެ ހިޔާލު


8

އަލިމަނިކު

05-Feb-2021

ބޮޑުތަނުން ފޭލްވެފަ ހުރި އެއްވެސް ތާކުން ތާކު ނުޖެހޭ ރުންޑި ކާޅެއް ބޮންޑިބަތް ޖަމީލް އަކީ



ޓްރެންޑިން