މާފަރު އެއަރޕޯޓުގެ ކޯވިޑް ޓެސްޓު ކުރާ ލެބޯޓްރީ އަޕްގްރޭޑްކޮށް މިމަހު ހަވަނަ ދުވަހު އަލުން ހުޅުވަން ނިންމައިފިއެވެ.

ޕީސީއާރް ޓެސްޓު ކުރުމަށް މާފަރު އެއަރޕޯޓުގައި ގާއިމުކޮށްފައިވާ މިލެބޯޓްރީ ފުރަތަމަ ހުޅުވާފައިވަނީ 2020 ވަނަ އަހަރު ޖުލައިމަހު 11 ވަނަ ދުވަހުއެވެ. މިލެބް ފަރުމާކޮށްފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަދި ހެލްތު މިނިސްޓްރީގެ ގައިޑްލައިންތަކާއި އެއްގޮތަށެވެ.

މި ލެބޯޓްރީ ފުރަތަމަ ހަމަސް ދުވަހު ހިންގާފައިވަނީ މާލޭގެ އޭޑިކޭ ހޮސްޕިޓަލާއި ގުޅިގެންނެވެ. ނަމަވެސް މިދިޔަ ހަފްތާގައި މިލެބް ބަންދުކޮށް އަޕްގްރޭޑް ކުރުމުގެ މަސައްކަތްކުރެވިފައިވެއެވެ.

މައުލޫމާތު ލިބޭގޮތުގައި މިލެބޯޓްރީއަށް ގެނެވުނު ބަދަލުތައް މޮނީޓަރކޮށް މިތަން ހުޅުވައި މަސައްކަތްފެށުމަށް ހެލްތު މިނިސްޓްރީ އިން މިހާރު ވަނީ ހުއްދަދީފައެވެ. އަދި މިލެބޯޓްރީ މިފަހަރު ހިންގުމާ ހަވާލުކޮށްފައިވަނީ ކްރީސްޓަލް މެޑިކަލް އާއެވެ.

ނޫނު އަތޮޅު މާފަރު އެއަރޕޯޓުގައި ގާއިމުކޮށްފައިވާ މިލެބޯޓްރީ އަކީ އެއަތޮޅުގައި ރިސޯޓެއް ހިންގަމުންދާ ސޮނެވާ ކުންފުނީގެ އެހީތެރިކަމާއެކު ތަރައްޤީ ކޮށްފައިވާ ލެބޯޓްރީއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން