ޖިންސީ ގޯނާގެ މައްސަލައަކާ ގުޅިގެން މާލެގައި ޒުވާނުން ކުރިއަށް ގެންދިޔަ ހިމޭން އިހުތިޖާޖެއް
ޖިންސީ ގޯނާގެ މައްސަލައަކާ ގުޅިގެން މާލެގައި ޒުވާނުން ކުރިއަށް ގެންދިޔަ ހިމޭން އިހުތިޖާޖެއް
ކުޑަ ކުއްޖެއްގެ ހާޒިރުގައި އެ ކުއްޖާއަށް ފެންނާނެހެން ގަސްދުގައި ޖިންސީ އަމަލު ހިންގިކަމުގެ ތުހުމަތުގައި އުމުރުން ދުވަސްވީ މީހެއް ހައްޔަރުކޮށްފިއެވެ.

މެދު ރާއްްޖެތެރޭގެ އަތޮޅެއްގެ ރަށެއްގައި ކުޑަ ކުއްޖެއްގެ ހާޒިރުގައި އެކި ދުވަސްމަތިން ޖިންސީ އަމަލު ހިންގިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް 10 ޖެނުއަރީ 2021 ވަނަ ދުވަހު ފުލުހަށް ހުށަހަޅާފައިވާ ކަމާއި މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 64 އަހަރުގެ ދިވެހި ފިރިހެނެއް ބުރާސްފަތި ދުވަހު ހައްޔަރުކޮށްފައިވާ ކަން "ރަސް އޮންލައިން"އަށް ވަނީ ކަށަވަރުވެފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ. ކުޑަކުދިންނާ ގުޅުން ހުންނަ މައްސަލަތަކަކީ ފުލުހުން ޚާއްޞަ ސަމާލުކަމެއް ދީގެން ތަހުގީގުކުރަމުންދާ މައްސަލަތަކެއް ކަމަށް ވީނަމަވެސް، ދޭތެރެ ދޭތެރެއިން މިފަދަ މައްސަލަތައް ފެންމަތިވަމުން ދެއެވެ.

މި މައްސަލައާ ގުޅޭ ތަފްސީލެއް ފުލުހުންގެ ފަރާތުން ލިބޭ ގޮތެއް ނުވެއެވެ. ފުލުހުން މައުލޫމާތު ފޯރުކޮށްދެނީ ފުލުހުންގެ ވަޓްސްއެޕް ގްރޫޕްގައި ތިބޭ ނޫސްވެރިންނަށް އެކަންޏެވެ. ތަފާތު އެކި ފަހަރު ަމތިން އެދިގެން ވެސް އެ ގްރޫޕަށް ރަސް އޮންލައިންގެ ނޫސްވެރިޔަކު ވެއްދޭ ގޮތެއް ނުވެއެވެ.

މި ފަހަކަށް އައިސް ފުލުހުންގެ މީޑިއާ ފާހަގަކުރެވެނީ އެކިއެކި ނޫސްވެރިންނާއި ނޫސްތަކާމެދު ތަފާތުކުރުން ގެންގުޅޭ ބައެއްގެ ގޮތުގައެވެ. އަދި މައުލޫމާތު ހޯދުމުގެ ހައްގަށް ފާޅުގައި ހުރަސް އަލަމުންދާ ބައެއްގެ ގޮތުގައެވެ.



ކިޔުންތެރިންގެ ހިޔާލު