މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
ދިވެހި ރައްޔިތުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް އިތުބާރު ކުރާ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ރޭ ވިދާޅުވެއްޖެއެވެ.

މިހާރު ތިއްބެވި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުންނާ ގުޅޭ ގޮތުން ޓީވީ ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން އެމްޕީ އާޒިމް ވިދާޅުވީ، ޖޭއެސްސީ ބަދަލު ކުރަން ރައްޔިތުން ބޭނުން ނުވާ ކަމަށެވެ. އާޒިމް ވިދާޅުވީ ރައްޔިތުން އެމްޑީޕީއަށް އިތުބާރކުރާ ކަމަށެވެ.

އާޒިމް ވިދާޅުވީ، ވައްކަމާއި ކޮރަޕްޝަން މި ސަރުކާރުގައި ވެސް އެބައޮތް ކަމަށެވެ. ނަމަވެސް މިހާރު އެ މައްސަލަތައް އެއްވެސް ހުރަހެއް ނެތި ބެލުމަކީ އަދުލު އިންސާފުގެ ނިޒާމް ރަނގަޅުުވުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޖޭއެސްސީގައި އެމްޑީޕީގެ ނުފޫޒު އޮތް ކަަމަށް ބުނާ ވާހަކަ އަށް ރައްދު ދެއްވަމުން އާޒިމް ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީ އަށް ރައްޔިތުން ދިނީ ޖޭއެސްސީގައި އެމްޑީޕީ މެމްބަރުން ގިނައިން ތިބޭނެކަން އެނގި ތިބެ ކަމަށެވެ.

"ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމީ ޖުޑީޝަރީ އިސްލާހު ކުރުންތޯ؟ ނޫން. ޖުޑީޝަރީ އިސްލާހުކުރުމަކީ ފައިސާ އަށް ހުކުމްކޮށްދިން މީހުންނާ މެދު ފިޔަވަޅު އެޅުން. މިއީކީ ނިދާ ހޭލާ އިރު ރަނގަޅުވާނެ ކަމެއް ނޫން. މިކަންކަމަށް ވަގުތު ނަގާނެ. މިކަންކަމަށް އެމްޑީޕީ ސަރުކާރަށް އައީމަ ރައްޔިތުން ތިބީ ފެންބޮވައިގަނެފައި. އެއީ ރައްޔިތުންގެ އުންމީދު އެމްޑީޕީއާ މެދު އޮތް އުންމީދު." އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުގައި ވެސް ވައްކަމާއި ކޮރަޕްޝަންގެ އަމަލުތައް ފެނުނު ނަމަވެސް މި ސަރުކާރުގައި އެކަން ހިނގާ ނިސްބަތް މަދުކަން ދުނިޔޭގެ ކޮރަޕްޝަންގެ އިންޑެކްސް އަށް ބަލާލުމުން އެނގޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައި ރައީސް ޞާލިޙްގެ މި ސަރުކާރުން މަސައްކަތް ކުރަނީ އިންސާފު ވެރި ފަނޑިޔާރުގެ އެއް ގާއިމް ކުރަން ކަމަށެވެ.

"އަޅުގަނޑުމެންނަށްތާ އެނގެނީ ނުހައްގުން ކިތައް ހުކުމްކޮށްފިކަން. ފައިސާ އަށް ކިތަައް ހުކުމްކޮށްފިކަން. ގާތް ތިމާގެ މީހަކަށް ވީތީ ކިތައް ހުުކުމް ކޮށްފިކަން. އަޅުގަނޑުމެން މުޒާހަރާއަކުން ކޮންމެވެސް އެއްޗެއް ކިޔާފަ ގެންދާނެ. ތަހުގީގުކުރަން އެއް މަސް ދުވަސް ބައިންދާނެ ޖަލުގައި. މިހާރު ކާކުތޯ ތަހުގީގު ކުރަން ބައިންދަނީ. ހުދު ރައީސް ޔާމީންވެސް ނުބައިންދާ. މިއީ އިންސާފުގެ ބައިބައިތާ މި އަންނަނީ. މިދިޔަ ސަރުކާރުގެ ހުރިހާ ވަޒީރުން، ހުންނާނީ ވައްކަން ކޮށްފަ. ޖަލަށް ނުލާ ތަހުގީގު ކުރަން. އެބަ އެނގޭތާ އަދުލު އިންސާފު ރަނގަޅު ވާކަން. އިސްލާހުވެ ކުރިއަށް އޮތްތަނުގައި ޖޭއެސްސީގެ ކޮމްޕޮސިޝަންވެސް ބަދަލުވާނެ. އެއީ އިތުބާރު ހުރި ޖުޑީޝަރީއެއް ހޯދާދީފަ. ދެން އަޅުގަނޑުމެން އަތްދޫކޮށްލާނަން ހުރިހާ އެއްޗަކުންވެސް. އެހެން ނޫނީ އަޅުގަނޑުމެން ދޫކޮށްލައިގެން އަޅުގަނޑުމެން ވާނީ ކަނޑުކޮސް ބަޔަކަށް." އާޒިމް ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގައި ބޮޑެތި ވައްކަމާއި ޚިޔާނާތުގެ މައްސަލަތއް ފެންމަތިވިކަން އާޒިމް ފާހަގަކުރެއްވިއެވެ. އަދި އެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

މިސަރުކާރުގެ ސިޔާސަތަކީ، ކޮރަޕްޝަނަށް ނޫނެކޭ ބުނެ، ކޮރަޕްޝަންގެ ޢަމަލުތައް ރިޕޯޓްކުރަން ހިތްވަރު ދިނުންކަމަށާ، ކޮރަޕްޝަންގެ ޢަމަލުތައް ފަޅާއަރުވާލާ މީހުންނަށް ޤާނޫނުން ރައްކާތެރިކަން ހޯދައިދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


8

ޢހަ

06-Feb-2021

މީނަވެސް މެމްބަރުކަން ލިބުނީމާ މޮޔަގޮވަނީ. ހީވަނީ މިވަރު މީހަކުނެތްހެން



ޓްރެންޑިން