އެމްޕީއެލް ސަރަހައްދު
އެމްޕީއެލް ސަރަހައްދު
އެމް.ޕީ.އެލް ސަރަޙައްދުގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއްވެ، އިންދިރާ ގާންދީ މެމޯޜިއަލް ހޮސްޕިޓާލް (އައި.ޖީ.އެމް.އެޗު)ގައި ފަރުވާދޭން ފަށައިފިއެވެ.

ރޭ މެންދަމު 2:15 ހާއިރު ހިނގި މި ހާދިސާގައި ކާޕެޓް ރޯލެއް ވެއްޓި އަނިޔާވެފައިވަނީ މަޖޫރީއަކަށެވެ.

އަނިޔާ ލިބުނު މީހާއަށް މިހާރު ވެސް ދަނީ އޮޕަރޭޝަން ތިއޭޓަރުގައި ފަރުވާދެމުންނެވެ. އަދި އޮޕަރޭޝަން ނިމުމުން ނޫނީ، އޭނާގެ ޙާލަތާމެދު ވަކި އެއްޗެއް ދަންނަވަން ދަތިކަމަށް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވެއެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ މިނާ އިންވެސްޓްމަންޓް ގްރޫޕް، ނަމަކަށް ކިޔާ ކްލިއަރެންސް ކުންފުންޏެއްގެ މަޖޫރީއަކަށެވެ. އޭނާއަށް އަނިޔާވެފައިވަނީ ޓާފް ކާޕެޓް ރޯލްތަކެއް ކެރޭނަކުން ޕިކަޕަށް ލޯޑުކުރުމުގެ ތެރޭގައި ކާޕެޓް ރޯލެއް ވެއްޓިގެން ކަމަށް މަޢުލޫމާތު ލިބެއެވެ.

މިއީ މިއަހަރު ފެށުނު ފަހުން އެ ސަރަހައްދަުގައި ހިނގި މިފަދަ ދެ ވަނަ ހާދިސާއެވެ. މިދިޔަމަހުގެ 7ވަނަ ދުވަހު ބިއްލޫރި ޕެލެޓެއް ނެރުމުގެ ތެރޭގައި ހިނގި ހާދިސާގައިވެސް ޒުވާނަކު ވަނީ ނިޔާވެފައެވެ.

އެމްޕީއެލް ސަރަހައްދުގައި ރޭ ހިނގި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލާ، މި ފަދަ ކަމެއް ތަކުރާރުވިޔަނުދިނުމަށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު


8

ތިމަންނަ

06-Feb-2021

ފަރުވާކުޑައީބާ , ބަލަންވާވަރަށް ނުބެލެނީބާ , ސިޔާސީ ވަނީބާ ނުވަތަ ކޮރޯނާ ބާ ?



ޓްރެންޑިން