‏ރައްޔިތުންގެ މަޖްލިހުގައި ރައްޔިތުންގެ ނަމުގައި އަވަގުރާނަ ގޮވުމުގެ އިމްތިޔާޒު އެއްވެސް މެމްބަރަކަށް ނޯންނާނެ ކަމަށް މާލޭ ސިޓީ މޭޔަރ ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ރިޔާސީ ބަޔާން އިއްވަވަމުން ދިޔައިރު ކާށިދޫ މެމްބަރު ޗެއާމަން ޖާބިރު ހިތްހަމަ ނުޖެހުން ފާޅު ކުރަށްވައި މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރަށްވަމުން ގެންދަވާތީ އެކަން ހުއްޓުވަން އުޅުމުން އަވަގުރާނަ ގޮވައި ހެދުމުންނެވެ.

"‏ރައްޔިތުންގެ މަޖްލިހުގައި ރައްޔިތުންގެ ނަމުގައި އަވަގުރާނަ ގޮވުމުގެ އިމްތިޔާޒު އެއްވެސް މެމްބަރަކަށް ނޯންނާނެ!

ދައުލަތުގެ ރައީސަށް މުޚާޠަބުކޮށް މިބަސްމަގު ބޭނުންކޮށްގެން ނުވާނެ! ޤާނޫނުގެ ވެރިކަން ހިންގަންޖެހޭ!"‎ އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ޖާބިރުގެ އެ ޢަމަލުތައް ހުއްޓުވުމަށް ޖާބިރާއި ވާހަކަދެއްކެވި ބައެއް މެމްބަރުންނާ ހަޑި ހުތުރު ބަހުން ޖާބިރު މުޚާތަބު ކުރަށްވާ ވީޑިއޯ އެއް މީސް މީޑިއާގައި މިހާރު ވަނީ ޢާއްމު ވެފައެވެ.

މީގެ އިތުރުން ޖާބިރުގެ އަނބިކަނބަލުން، ކުރިން ބަންޑާރަ ނާއިބްކަން ވެސް ކުރަށްވާފައިވާ ފާތިމަތު ދިޔާނާ ސަޢީދު، ކުރެއްވި ޓްވީޓެއްގައި މަޖިލީހުގެ އުސޫލުތަކާ މެމްބަރަކު ޚިލާފުވުމުން އޮންނަ އުސޫލުގެ ދަށުން ނަން އިއްވާ ތަޅުމުން ނެރުން އެންމެ ރަނގަޅު ކަމަށްވެސް ވިދާޅުވެފައިވެއެވެ. ނަމަވެސް އޭނާވަނީ ބަޔަކު ޖާބިރަށް އަނިޔާ ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

ދިޔާނާ ވިދާޅުވީ ޖާބިރު ގެއަށް ވަޑައިގެންނެވުމުން އޭނާއަށް ޖެހިވަޑައިގަތީ ޖާބިރުގެ ގައިކޮޅުގައި ބޮނޑިތާން އަޅުއްވާން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން