މި ސަރުކާރު ވެރިކަމަށް އައުމަށް ވެފައިވާ ވަޢުދުތަކުގެ ތެރެއިން ޖޭއެސްސީ އިސްލާޙު ކުރުމަށް ވީ ވަޢުދު ފުއްދަވާފައި ނުވާތީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަޙްމަދު ޙައިލަމް ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.
ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވުމުގެ ޖަލްސާގައި އިއްޔެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ މީގެ ދެ އަހަރު ކުރިން އަދުލު އިންސާފުގެ ނިޒާމަށް ރައްޔިތުންގެ ހިތުގައި އެއްވެސް އިތުބާރެއް ނެތް ކަމަށެވެ. ނަމަވެސް ސަރުކާރުން ފަނޑިޔާރުގެ އިސްލާހުކުރުމަށް މިދިޔަ ދެ އަހަރު ކުރި މަސައްކަތުގެ ނަތީޖާ ފެންނަން ފަށާފައިވާ ކަމަށާއި، ދައުލަތުގެ އެހެން ބާރުތަކުގެ ނުފޫޒުން މިންޖުވެ މައްސަލަތައް ނިންމުމުގެ މިނިވަންކަން އެންމެ މަތީ ކޯޓުން ފެށިގެން އެންމެ ދަށު ކޯޓާ ހަމައަށް މިހާރު އެބައޮތް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސްގެ ވާހަކަފުޅާ ގުޅިގެން، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަޙްމަދު ޙައިލަމް ވިދާޅުވީ، މި ސަރުކާރުން ފަނޑިޔާރުގެ އިސްލާޙް ކުރުމަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވަޢުދަކީ ޖުޑީޝަލް ސާރވިސް ކޮމިޝަންގެ އޮނިގަނޑު އިސްލާޙު ކުރުމަށް ވީ ވަޢުދު ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުގެ ދައުރު ދެބައިވެގެން ދިޔަ އިރުވެސް ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާޙުކޮށްފައި ނުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ޙައިލަމް ވިދާލުވިއެވެ.
ރައީސް ޞާލިޙް އިއްޔެ އިއްވެވި ރިޔާސީ ބަޔާނުގައި ޝަރުޢީ ދާއިރާއަށް އަލިއަޅުއްވާ ލައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގައި ސާކިޓް ކޯޓް ތައާރަފް ކުރުމަށް ބޭނުންވާ ގާނޫނުގެ ބިލު އެކުލަވާލައި، މިއަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ. ސާކިޓް ކޯޓަކީ އެކޯޓުގެ އިޚްތިޞާޞް މުޅި ޤައުމަށް ފެތުރިފައިވާ ކޯޓެކެވެ. އެ ކޯޓްގެ ފަނޑިޔާރުން ވަކި ރަށެއްގައި ދާއިމަށް ޤާއިމްވެ ނުތިއްބަވައި، ރަށްރަށަށް ދަތުރުކޮށް އެ ރަށެއްގައި ހުރި މައްސަލަތައް ބަލައި ހުކުމް އިއްވަވާނެ އެވެ. މިއީ ކޮމަންލޯ އަށް ތަބާވާ ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގެ ޝަރުޢީ ނިޒާމުގައި ވެސް އޮންނަ ނިޒާމެކެވެ.
ސާކިޓް ކޯޓް ތައާރަފް ކުރުމަށް މި ސަރުކާރުން މަސައްކަތް ފަށާފައިވާއިރު ޖޭއެސްސީ އިސްލާޙު ކުރުމަށް މި ސަރުކާރުން ވެފައިވާ ވަޢުދު ނުފުއްދާތީ ޤާނޫނީ ދާއިރާގެ ގިނަ ބޭފުޅުން ގެންދަވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަށްވަމުންނެވެ. ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަކީ އެމްޑީޕީގެ ވަޢުދެކެވެ. އަދި އެއީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ކަމެއްވެސް މެއެވެ. ނަމަވެސް ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި މައްސަލަތައް އެމްޑީޕީ އިސްވެ އޮވެ ވަނީ ބޭރުކޮށްލާފަ އެވެ.

ފަނޑިޔާރުގެ އިޞްލާޙުކުރުމަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދަކީ @MaldivesJSC ގެ އޮނިގަނޑު އިޞްލާޙުކުރުން. ދައުރު ދެބައިވެގެން ދިޔައިރު ވެސް އޮނިގަނޑު އިޞްލާޙުނުވެ އޮތުމަކީ ކަންބޮޑުވާންޖެހޭ ކަމެއް. https://t.co/7L14YNvdT9
— Ahmed Hailam (@AhmedHailam) February 4, 2021
ރައީސް ޞާލިޙް އިއްޔެ އިއްވެވި ރިޔާސީ ބަޔާނުގައި ޝަރުޢީ ދާއިރާއަށް އަލިއަޅުއްވާ ލައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގައި ސާކިޓް ކޯޓް ތައާރަފް ކުރުމަށް ބޭނުންވާ ގާނޫނުގެ ބިލު އެކުލަވާލައި، މިއަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ. ސާކިޓް ކޯޓަކީ އެކޯޓުގެ އިޚްތިޞާޞް މުޅި ޤައުމަށް ފެތުރިފައިވާ ކޯޓެކެވެ. އެ ކޯޓްގެ ފަނޑިޔާރުން ވަކި ރަށެއްގައި ދާއިމަށް ޤާއިމްވެ ނުތިއްބަވައި، ރަށްރަށަށް ދަތުރުކޮށް އެ ރަށެއްގައި ހުރި މައްސަލަތައް ބަލައި ހުކުމް އިއްވަވާނެ އެވެ. މިއީ ކޮމަންލޯ އަށް ތަބާވާ ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގެ ޝަރުޢީ ނިޒާމުގައި ވެސް އޮންނަ ނިޒާމެކެވެ.
ސާކިޓް ކޯޓް ތައާރަފް ކުރުމަށް މި ސަރުކާރުން މަސައްކަތް ފަށާފައިވާއިރު ޖޭއެސްސީ އިސްލާޙު ކުރުމަށް މި ސަރުކާރުން ވެފައިވާ ވަޢުދު ނުފުއްދާތީ ޤާނޫނީ ދާއިރާގެ ގިނަ ބޭފުޅުން ގެންދަވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަށްވަމުންނެވެ. ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަކީ އެމްޑީޕީގެ ވަޢުދެކެވެ. އަދި އެއީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ކަމެއްވެސް މެއެވެ. ނަމަވެސް ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި މައްސަލަތައް އެމްޑީޕީ އިސްވެ އޮވެ ވަނީ ބޭރުކޮށްލާފަ އެވެ.
ކިޔުންތެރިންގެ ހިޔާލު