ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލް
ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލް
ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލްގައި މަސައްކަތްކުރާ ފިރިހެން ޑޮކްޓަރަކު އެ ތަނުގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ މައްސަލަ ހުށައެޅުމުން އެ މައްސަލަ ނުބެލޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

މި މައްސަލަ ހުށައަޅާފައި ވަނީ މިހާރު ވެސް އެ ހޮސްޕިޓަލްގައި މަސައްކަތްކުރާ ޑރ. ޖޮންހަތަން އަމައިނާފުނައާ ދެކޮޅަށެވެ.

ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށް ވެފައި ވަނީ އެ ހޮސްޕިޓަލްގައި މަސައްކަތްކުރި ޒުވާން އަންހެނަކަށެވެ. އޭނާ ބުނި ގޮތުގައި، ޑރ. ޖޮންހަތަން ޖިންސީ ފުރައްސާރަ ކުރީ ހަމައެކަނި އޭނާއަކަށް ނޫނެވެ. ހޮސްޕިޓަލްގައި މަސައްކަތްކުރާ އެތައް އަންހެނުންނަށް އެޑޮކްޓަރ ފުރައްސާރަ ކުރިއެވެ.

މިކަން މެނޭޖްމަންޓްގެ ސަމާލުކަމަށް ގެނެސްފައި ވީ ނަމަވެސް ޑޮކްޓަރަށް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް އޭނާ ބުނެއެވެ.

އަންހެންމީހާ ބުނި ގޮތުގައި، މައްސަލަ ޑިކްލައިން ކުރިކަން ޕީޖީ އޮފީހުން އެންގި ފަހުން މަގުމަތިން ވެސް އޭނާއަށް މަލާމާތްކޮށް ހީ، އެ ޑޮކްޓަރު ފުރައްސާރަ ކޮށްފައިވެއެވެ.

ޖިންސީ ފުރައްސާރަައިގެ މައްސަލަތައް ރާއްޖޭގައި އާންމު ނަމަވެސް އެކަށީގެންވާ ގޮތެއްގައި ނުބެލޭތީ އެ ވާހަކަ ދައްކަން ގިނަ ބަޔަކު ޖެހިލުންވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-10

އަލީ ނަސީމް

11-Feb-2021

އިންޑިއާ މީހަކަށް ތިޔަ ޑޮކްޓަރުވާނީ. ނުބެލޭނެ. އެ ޤާބިލުކަމެއް މި ނުކުޅެދޭ ސަރުކާރުގައެއް ނުހުންނާނެ. އިބޫޞަލިޙަކީ އިންޑިއާގެ "ގަވަރުނަރު" ސަންޖޭ ސުދީރުގެ ޕަޕެޓެއް. ލިޔެފައި ދޭ އެއްޗެއް ކިޔުމާއި ދައްކާ އެއްޗެއްގައި ސޮއިކުރުން ނޫންކަމެއް އޭނާއަކަށް ނުކުރެވޭނެ.



ޓްރެންޑިން