މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ އެމަނިކުފާނުގެ ސަޕޯޓަަރުން މަގު މައްޗަށް ނުކުމެ އިއްޔެ ކުރި މުޒާހަރާގައި ރައްޔިތުން މަޖިލީހުގެ ރައީސް އަދި ވެރިކަން ކުރާ އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދަށް ހަމާލާ ދޭން އުޅުނު ކަމަށް ބުނާ ވާހަކަ އިދިކޮޅު ކޯލިޝަނުން ދޮގުކޮށްފިއެވެ.

އިދިކޮޅު ފަރާތްތަކުން އިއްޔެ ކުރި މުޒާހަރާގައި ރައީސް ނަޝީދު އުޅުއްވާ ގެކޮޅު ކައިރިއަށް ގޮސް އެމަނިކުފާނަށް ހަމަލާ ދޭން އުޅުނު ކަމަށް ވިދާޅުވެ، ރައްޔިތުން މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަޙްމަދު ޙަލީމް (ދޮންބިލެތް) ވަނީ އިއްޔެ ޓްވީޓެއް ކުރަށްވާފައެވެ. އެއާއެކު އެމްޑީޕީގެ މީސްމީޑިޔާ އެކްޓިވިސްޓުން ކެކި އެރިއެވެ.

އިދިކޮޅު ޕާޓީތައް ހިމެނޭ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު "ރަަސް އޮންލައިން" އަށް ވިދާޅުވީ މަޖީދީމަގުން ރަސްފަންނާއި ދިމާއަށް މުޒާހަރާގެ ބައިވެރިން ހިނގާފައި ދަނިކޮށް ރައީސް ނަޝީދާއި ދިމާވި ކަމަށެެވެ. އޭނާ ވިދާޅުވީ އެ މަނިކުފާނާ ދިމާވުމުން ރައީސް ޔާމީން މިނިވަންކުރަން ގޮވާލައި އަޑުގަދަ ކުރި ކަމަށެވެ. ނަމަވެސް އެތަނުގައި އިތުރު ކަމެއް ހިނގާފައި ނުވާ ކަމަށް ހީނާ ވިދާޅުވިއެވެ.

"ރައީސް ނަޝީދަށް ދެންނެވީ ރައީސް ޔާމީން މިނިވަން ކޮށްދޭށޭ. އެ ވަގުތު ތަންކޮޅެއް އަޑުގަދަ ކުރި، އެކަމަކު އަތް އިސް ނުކުރޭ،" ރައީސް ނަޝީދަށް ހަމަލާ ދޭން އުޅުނު ކަމަށް ފަތުރާ ވާހަކަ ދޮގު ކުރައްވަމުން ހީނާ ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން ސީދާ ހަރަކާތަށް ނުކުންނަން ކޯލިޝަންގެ ދެ ޕާޓީ ހިމެނޭ ކައުންސިލުން މިދިޔަ މަހު ގަރާރެއް ފާސްކުރި ފަހުން ކޮންމެ ދުވަހަކު ގޮތަކަށް އިދިކޮޅު ދެ ޕާޓީގެ ސަޕޯޓަރުން ދަނީ މަގުމަތީގައި މުޒާހަރާ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


5

ހަޖާމުބޭބެ

11-Feb-2021

ތިހަޖާމު ބޭބެ އެތަނަށް ނިކުތީވެސް އެމީހުން ޖަޒުބާތުގަ ޖައްސާއިގެން މީޑިޔާ އެޓެންޝަން ހޯދާ, ތިމާގެ ކަލްޓް ކުދިން ލޭކައްކުވާލާ, ތަޅާނެކުދިންކޮޅެއް މަގުމައްޗަށް ނެރެވޭތޯ.



ޓްރެންޑިން