ވިލާ މާމިގިލީ އެއާޕޯޓުގައި ފްލައިޓް ޖެއްސުން
ވިލާ މާމިގިލީ އެއާޕޯޓުގައި ފްލައިޓް ޖެއްސުން
ވިލާ އެއާޕޯޓް މާމިގިލި (ވީއޭއެމް) އިން ބައިނަލްއަގުވާމީ ދަތުރުތައް ފަށައިފި އެވެ.

ވީއޭއެމުން ބުނީ އެ އެއާޕޯޓުން ބައިނަލްއަގުވާމީ ދަތުރުތައް ފަށައިި، ފުރަތަަމަ ފްލައިޓް ރޭ ޖައްސާފައިވާ ކަމަށެވެ.

ރޭ އެ އެއާޕޯޓަށް ފުރަތަަމަ ޖެއްސި ފްލައިޓަކީ ސީއެލް 60 މަރުކާގެ ބަންބާޑިޔާ ބޯޓެކެވެ. މި ބޯޓު އައިސްފައި ވަނީ ދުބާއިންނެވެ.

މި ބޯޓުން ރާއްޖެ އައި މީހުންނަށް އެ އެއާޕޯޓުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ރާއްޖޭގެ މައި އެއާޕޯޓް އިމަޖެންސީވެ ފްލައިޓް ނުޖެއްސިއްޖެ ހާލަތެއްގައި ބޭނުން ކުރެވޭ ފެންވަރަށް މާމިގިލީ އެއާޕޯޓް ތަރައްގީކޮށް އާ ރަންވޭއެއް ހެދުމުގެ މަސައްކަތް މިދިޔަ އަހަރު ފަށާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން