ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު.
ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު.
ލޯކަލް ކައުންސިލް އިންތިހާބު ފަސްނުކޮށް, މިހާރު ކަނޑައެޅިފައިވާ ތާރީޚުގައި އިންތިހާބު ބޭއްވުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިލްތިމާސް ކުރަށްވައިފިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބް ބާއްވަންޖެހޭ މުއްދަތު ފަހަނައަޅާ ގޮސް އިންތިޚާބު ބާއްވަން ދެފަހަރެއްގެ މަތީން ގާނޫނަށް ބަދަލު ގެނަސް ތާރީޚުތައް ކަނޑައަޅާފައިވާ އިންތިޚާބު މިހާރު ބާއްވަން ކަނޑައަޅާފައިވާ ތާރީޚުގައި އިންތިޚާބު ބޭއްވުމަށް ރައީސް ނަޝީދު އިލްތިމާސް ކުރަށްވާފައި މިވަނީ އިންތިޚާބު އަނެއްކާވެސް ފަސްކުރަން މަޖިލީހަށް ހުށައަޅަން އިލެކްޝަން ކޮމިޝަނުން ނިންމާފައިވާތީ އެވެ. ކޮމިޝަނުން އިންތިޚާބު ފަސްކުރަން ހުށައަޅަނީ ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމުގައި ޢަމަލު ކުރުމަށް އެޗްޕީއޭއިން އެކުލަވާލި އުސޫލުގެ ސަބަބުން އިންތިޚާބުގެ ޚަރަދު ބޮޑުވާނެތީ ކަމަށް ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މިނިންމުމާމެދު ގިނަބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ރައީސް ނަޝީދުވެސް ގޮވާލައްވާފައިވަނީ ލަސްނުކޮށް ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށެވެ.

"ކައުންސިލްތަކުގެ އިންތިޚާބު ލަސްކުރުމަށް ސަބަބާއި ހުއްޖަތު ހޯއްދެވުމަށްވުރެ ބޮޑަށް އެދެވެނީ މިހާރު އޮތް ދުވަހަށް އެކަން ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުން." ރައީސް ނަޝީދު ވިދާޅުވިއެވެ.



އަންނަ އޭޕްރީލް 10 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތްކުރަމުންދާ ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް އެޗްޕީއޭ އިން އެކުލަވާލި އުސޫލުގައި ވަނީ، ތާއިދު ހޯދުމާއި ކެމްޕޭނުގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށްޓަކައި ގޭގެއަށް ޒިޔާރަތްކޮށް މީހުންނާ ބައްދަލުކޮށް މުޢާމަލާތްކުރުމުގެ ބަދަލުގައި، އޮންލައިން ޕްލެޓްފޯމްތައް އިޚްތިޔާރުކުރުމަށް އެދިފައިވެއެވެ. އޭގެ އިތުރުންވެސް ގިނަ ޝަރުތުތަކެއް ކަނޑައަޅާފައިވާތީ އިންތިޚާބުގެ އިންތިޒާމްތަކަށް ކުރިއާ ޚިލާފު ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމަށާއި ޚަރަދުވެސް ދެގުނަ ބޮޑުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ފާއިތުވި އަހަރުގެ އޭޕްރީލް މަހުގައި ބޭއްވުމަށް ތާވަލުކުރި ކައުންސިލް އިންތިޚާބު ފަސްކުރަން ނިންމީ ކޯވިޑް-19އާ ގުޅިގެންނެވެ. އޭރު އެކުލަވާލި ޚާއްސަ ޤާނޫނެއްގެ ދަށުން އިންތިޚާބު ފަސްކޮށް އޭރު ތިބި ކައުންސިލަރުންގެ ދައުރުވެސް ވަނީ ދަންމާލައިފައެވެ.


ކިޔުންތެރިންގެ ހިޔާލު


-11

ޢަކާ

11-Feb-2021

މިހާލަތުގައި ކިތަންމެ އަވަސްކުރިއަކަސް ވޯޓްލާކަށް ނުދޭނަން. ސަލާމް



ޓްރެންޑިން