ގދ. ތިނަދޫ
ގދ. ތިނަދޫ
ފަޅުރަށަކަށް ދަތުރު ދިޔަ 17 އަހަރުގެ ކުއްޖެއްގެ ގައިމައްޗަށް ފާރެއް ވެއްޓި ހާލު ސީރިއަސްވެއްޖެއެވެ.

މި ހާދިސާ ހިނގީ މިއަދު ގދ. ގައްދޫ ކައިރީގައި އޮންނަ "ލޮނަދޫ ހުއްޓާ" ގައެވެ. މި ޙާދިސާގައި ހާލު ސީރިއަސްވެ މިހާރު ތިނަދޫގައި ހުންނަ އަބްދުއްސަމަދު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ ގދ. ގައްދޫ، އުމުރުން 17 އަހަރުގެ މުހައްމަދު ފިރުޝާނު އަށެވެ. ލޮނަދޫހުއްޓާ އަކީ މީގެ ކުރިން ރިސޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް ކޮށްފައިވާ ރަށެކެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ސާފުވެފައި ނުވާއިރު، ފިރުޝާން އާއި އެކު އިތުރު ކުދިބަޔަކުވެސް މިއަދު ވަނީ އެރަށަށް ދަތުރުގޮސްފައެވެ. މި ޙާދިސާގައި ފިރުޝާންގެ ބޮލަށް ސީރިއަސް ޒަޚަމްތަކެއް ލިބިފައިވާއިރު، ފައިގެ ކުޑަހުޅާއި އަތަށްވެސް ވަނީ އަނިޔާތަކެއް ލިބިފައެވެ.

ފިރުޝާން ތިނަދޫގައި ހުންނަ އަބްދުއްސަމަދު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ އިރު ހޭވެރިކަން ހުރި ނަމަވެސް މިހާރު އޭނާގެ ހޭވެރިކަން ނެތް ކަމަށާއި، ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މި ޙާދިސާއާއި ގުޅިގެން ތިނަދޫ ހޮސްޕިޓަލްގެ ބަހެއް އަދިވަނީ ލިބޭގޮތް ނުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން