ހަތެއް ފެބްރުއަރީގެ އުދުވާނަކީ ހަނދާނުން ފިލުވައި ލެވޭ ވަރަށްވުރެ މާބޮޑު ކުށެއް ކަމުގައި ވިދާޅުވެ ރައީސް، މުހައްމަދު ނަޝީދު، ހަތެއް ފެބްރުއަރީގެ ހަނދާންތައް ޅެންބައިތަކުން އާކުރަށްވައިފިއެވެ.
ރައީސް ނަޝީދުގެ ވެރިކަން ނިމުމަމަކަށް ގެނުވި ހަތެއް ފެބްރިއަރީގެ ހާދިސާއަށް މިއަދު ނުވަ އަހަރު ފުރިގެން ދިޔައިރު ވެސް އެދުވަހުގެ ހާދިސާގެ ވާހަކަ ރައީސް ނަޝީދުވެސް އެމްޑީވެސް ސިފަ ކުރަމުން ގެންދަނީ އެއީ އިންސާފު ނުލިބޭ ބަޣާވާތެއްގެ ގޮތުގައެވެ. އަދި އެ ހަނދާންތައް ކޮންމެ އަހަރަކުވެސް ރައީސް ނަޝީދާއި އެމްޑީޕީގެ ގިނަ މެންބަރުން ގެންދަނީ އާ ކުރަމުންނެވެ.
ހަތެއް ފެބްރުއަރީގެ ހާދިސާ އެކި ފަހަރު އެކި ގޮތަށް ސިފަކުރަށްވާފައިވާ ރައީސް ނަޝީދު މިއަދު ޅެންބައިތަކުން އެހާދިސާ ސިފަކުރެއްވީ އެއީ ހިތުން ފިލައިގެން ނުދާނެ ހާދިސާއެއްގެ ގޮތުގައެވެ. އެ ދުވަހުގެ ތަދު އަދިވެސް ނުފިލާހުރި ތަދެއްގެ ގޮތުގައެވެ. އަދި އެއީ ހިތުން ފިލުވައި ލެވޭ ވަރުގެ ކުޑަކުޑަ ކުށެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.
"ހަނދާންތައް ހިތުގެ ވިކަމުން ގެނުވަނީ،
ފިލުވޭ ތަދެއްނޫނޭ އަދާހަމައަށް މިހާލަތު ގެނައުމީ،
ކުޑަ ކުޑަ ކުށެއް ނޫނޭ.
ޒަމާންތަކަކަށްވި ގުރުބާނީ،
ފަނާވަނިވި ޖިސްމު އިންސާނީ،
އަމާންކަން ނެއްޓި އުދުވާނީ،
މައާފް ކުރާވަރެއް ނޫނޭ."
ރައީސް ނަޝީދުގެ މި ހަނދާންތަކަށް ރައްދުދެއްވަމުން އެމްޑީޕީގެ ކުރީގެ މެންބަރު ފުރަހަނި ޝުއައިބު އަލީ ވިދާޅުވެފައިވަނީ ރައީސް ނަޝީދަކީ ކޮމާންޑަރ އިން ޗީފް ކަން ކުރެއްވޭވަރު ހިތްވަރު ހުރި ލީޑަރެއް ނޫން ކަމަށެވެ. އަދި 2012 ވަނަ އަހަރުގެ ހަތެއް ފެބްރުއަރީގައި އެމްޑީޕީގެ ލީޑަރޝިޕް ފެއިލް ވުމުގެ ޒިންމާ ރައީސް ނަޝީދުވެސް ނަންގަވަަން ޖެހިވަޑައިގަންނަވާނެ ކަމަށް ފުރަހަނި ޝުއައިބު ބުނެފައިވެއެވެ.
މީގެ އިތުރުން އެދުވަހުގެ ބަޣާވާތް ކުށްވެރިކޮށް އެވާހަކަ ދައްކަން ޖެހޭނެކަމަށްވެސް ޝުއައިބް ވަނީ ވިދާޅުވެފައެވެ. އަދި އެބަޣާވާތަކީ ދުރާލާ ފެނިގެން އެނގިގެން ހިނގާދިޔަ ބަޣާވާތެއް ކަމަށްވެސް ޝުއައިބު ވަނީ ފާހަގަކުރަށްވާފައެވެ.
ހަތެއް ފެބްރުއަރީގެ ހާދިސާއަކީ އޭރުގެ އިދިކޮޅު ފަރާތްތަކުން ސަލާމަތީ ބާރުތަކާއި ގުޅިގެން ހިންގި ބަޣާވާތެއް ކަމަށް އެމްޑީޕީއާއި ރައީސް ނަޝީދުވެސް ބައެއް ފަހަރު ބައެއް ހާލަތްތަކުގައި ސިފަ ކުރަށްވަމުން ގެންދަވާއިރު މިއަދު އެމްޑީޕީ އިސްވެ އޮވެ ހިންގާ ސަރުކާރުގައި އޭރުގެ އެ ހަރަކާތުގައި އެންމެ އިސްކޮށް އުޅުއްވި ބޭފުޅުން ހިމެނޭތީ ގިނަ ބަޔަލު ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.
އެގޮތުން އޭރުގެ ހަރަކާތުގައި އެންމެ އިސްކޮށް ތިއްބެވި ކަމަށް ބުނާ މިހާރުގެ ހޯމް މިނިސްޓަރ އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ އާއި އަދި ވެސް އޭރުގެ އިދިކޮޅުގައި ތިއްބެވި ގިނަ ލީޑަރުން މިހާރު ތިއްބެވީ އެމްޑީޕީ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަން ސަރުކާރުގައެވެ.

ކިޔުންތެރިންގެ ހިޔާލު