ކޯވިޑް ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ
ކޯވިޑް ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ
ކޯވިޑް ޖެހިގެން ރާއްޖެއިން 60 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.

މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 55 ވަނަ މީހާއެވެ. އެޗްއީއޯސީން ބުނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުންދިޔަ 60 އަހަރުގެ ދިވެހި އަންހެނެއް މިއަދު ނިޔާވެފައިވާ ކަމަށެވެ. އެމީހާ ނިޔާވެފައިވަނީ މިއަދު 11:07 ގައި ކަމަށް އެޗްއީއޯސީން މަޢުލޫމާތު ދެއެވެ.



ކޯވިޑްގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު ނިޔާވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ. މި ބަލީގައި މިހާތަނަށް ރާއްޖޭގައި ނިޔާވެފައި ވަނީ 48 ދިވެހިންނާއި ހަތް ބިދޭސީންނެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން