7 ފެބްރުއަރީގެ ހާދިސާއަށްފަހު އެބާރުމިނުގައި ނުކުމެ ގައުމު ރޯކުރީ ކަމަށް ބުނެ ރައީސް މުޙައްމަދު ނަޝީދު ޅެންބަހުރުވައިން އެދުވަހުގެ ހަނދާންތައް އާކުރެއްވުމުން އިދިކޮޅުން ވެސް ޅެން ބަހުރުވައިން ރައީސް ނަޝީދަށް ވަރުގަދަ ރައްދެއް ދީފިއެވެ.

ހަތެއް ފެބްރުއަރީގެ ހަނދާންތައް އާކުރަށްވަމުން މިއަދު ރައީސް ނަޝީދު ވިދާޅުވީ އެދުވަހުގެ އަނިޔާވެރިކަމަކީ ހަނދާން ނައްތާނުލެވޭވަރުގެ އަދި މާފް ނުކުރެވޭނެ ކުށެއް ކަމަށެވެ. ރައީސް ނަޝީދުގެ ވެރިކަން ނިމުމަމަކަށް ގެނުވި ހަތެއް ފެބްރިއަރީގެ ހާދިސާއަށް މިއަދު ނުވަ އަހަރު ފުރިގެން ދިޔައިރު ވެސް އެދުވަހުގެ ހާދިސާގެ ވާހަކަ ރައީސް ނަޝީދުވެސް އެމްޑީޕީވެސް ސިފަ ކުރަމުން ގެންދަނީ އެއީ އިންސާފު ނުލިބޭ ބަޣާވާތެއްގެ ގޮތުގައެވެ.

ހަތެއް ފެބްރުއަރީގެ ހަނދާންތައް އާކުރައްވައި ރައީސް ނަޝީދު ޅެމްބަހުރުވައިން ވިދާޅުވި ވާހަކަ ތަކަށް ރައްދު ދެއްވަމުން ނައިފަރު ދާއިރާގެ އިދިކޮޅު މެންބަރު އަހުމަދު ޝިޔާމް ވެސް ޅެންބަހުރުވައިން ވިދާޅުވީ ރައީސް ނަޝީދުގެ އެވާހަކަ ތަކުން ގައުމުގައި ފިތުނަ އުފެދުން ނޫން ކަމެއް ނުވާނެ ކަމަށެވެ. އަދި ހަތެއް ފެބްރުއަރީގެ ހާދިސާއަށްފަހު އެބާރުމިނުގައި ނުކުމެ މުޅި ގައުމުގައި ހުޅު ޖެހީކަމަށް ވެސް ޝިޔާމްގެ ޅެންބައިތުގައި ވިދާޅުވެފައި ވެއެވެ. އެއަށްފަހު ރެއާ ދުވާލު މަގުމަތީގައި މުޒާހަރާ ކުރި ވާހަކަވެސް ޝިޔާމު ސިފަކުރަށްވާފައި ވެއެވެ. އަދި ހަތެއް ފެބްރިއަރީގެ ހާދިސާއަކީ ބަޣާވާތެއް ކަމަށް ބުނެ ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ބޭރު ގައުމުތަކުގައި ގޮވާލަމުން ދިޔަކަންވެސް ޝިޔާމް ފާހަގަ ކުރަށްވާފައި ވެއެވެ.

"އެވާހަކަތަކަށް ފިތުނަ ކުރެއްވުން ނޫންތޯ މިގައުމު.

އެބާރުމިނުގައި ނިކުމެ ރޯކުރީވެސް މިގައުމު.

އެއާއެކު ފެށީ މާ ނުރައްކާތެރި ކަމެއް.

ރެއާއެކު ދުވާލާ ބޭރުގައި ފެށިކަމެއް.

ބަޣާވާތެއް ކަމަށް ބުނެ ކުރީ ބޮއިކޮޓް މިގައުމު.

ނަގާ އީޔޫ ގެ ޚާއްސަވި ގިންތިން މިގައުމު."



މީގެ އިތުރުން ޝިޔާމް ވިދާޅުވެފައިވަނީ މަހުގެ ހަމަ އަގު ގެއްލި މަސްވެރިން މާޔޫސްވެެއްޖެ ކަމަށާއި ފަތުރުވެރިކަން ހީނަރުވެ ރައްޔިތުން ބިކަވެއްޖެ ކަމަށެވެ. އަދި "މިވެރިންގެ ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތްކަމަށް" ޝިޔާމް ވިދާޅުވެފައިވެއެވެ.

ފެބްރުއަރީ 7، 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް އައީ އޭރު އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒާހަރާތަކުގައި ސިފައިންނާއި ފުލުހުންގެ ބަޔަކު ބައިވެރިވެ ހިނގައިދިޔަ ހަމަނުޖެހުންތަކަކަށް ފަހު ރައީސްކަމުގެ މަގާމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ. މިހަރަކާތުގައި އޭރު އިސްކޮށް ބައިވެރިވެ އުޅުއްވި ގިނަ ބޭފުޅުން މިހާރު ތިބީ އެމްޑީޕީ ސަރުކާރުގެ ތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން