މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫން.
މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫން.
ކޮވިޑުން ރައްކާތެރިވުމަށް މިސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއި ދެކޮޅަށް މަގުމައްޗަށް ނުކުތުމަށް އިދިކޮޅުން ގޮވާލުމާއެކު މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫންގެ އެތައް ސުވާލެއް އިދިކޮޅަށް ރައްދުކުރަށްވައިފިއެވެ.

ކޮވިޑުން ރައްކާތެރިވުމަށް މިސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއި ދެކޮޅަށް މަގުމައްޗަށް ނުކުތުމަށް ގޮވާލައްވާފައިވަނީ އިދިކޮޅު ޕީޕީއެމްގެ މެމްބަރު އަހުމަދު ސިއްދީގެވެ. އޭނާ ވިދާޅުވެފައި ވަނީ އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅު ތަކަކީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙްގެ އެންގެވުމަށް، ސަރުކާރުން ރައްޔިތުންނަށް ދުއްތުރާކޮށް އަނިޔާކުރުމަށް އަޅާފައިވާ ފިޔަވަޅު ތަކެއް ކަމަށެވެ. އަދި އެކަން ހުއްޓުވޭނީ ރައްޔިތުން މަގުތަކަށް ނުކުމެގެން ކަމަށް ސިއްދީގު ވިދާޅުވެފައި ވެއެވެ.

މިކަމަށް ރައްދުދެއްވައި މިނިސްޓަރ ޔުމްނާ މައުމޫން ވަނީ އެތައް ސުވާލެއް އިދިކޮޅާއި ކުރިމަތި ކުރައްވާފައެވެ. މިގޮތުން މަގުމައްޗަށް ނުކުމެ އެއްވެ ހެދުމުން ކޯވިޑް ކޭސްތައްް އިތުރުވެގެން ދާނެކަން ވިސްނިވަޑައިނުގަންނަވަނީތޯ ޔުމްނާ އައްސަވާފައި ވެއެވެ. އަދި ކޮވިޑްގެ ސަބަބުން އެހެން ޤައުމުތަކުގައި ވަމުންދާ ގޮތް ފެނިވަޑައި ނުގަންނަވަނީތޯ ވެސް މިނިސްޓަރ ވަނީ އައްސަވާފައެވެ. އަދި ސިއްޙީ މާހިރުން ދޭ ލަފަޔާއި އިރުޝާދުތައް އަޑުއެހުމަށް މިނިސްޓަރ ޔުމްނާ ވަނީ އިލްތިމާސްކުރަށްވާފައެވެ.

"‏މި ވަގުތު މަގުމައްޗަށް މީހުން ނެރުނީމާ ކޯވިޑް ކޭސްތައްް އިތުރުވެގެން ވާނެ ގޮތް ވިސްނިވަޑައިނުގަންނަވަނީތޯ؟ އާވޭރިއަންޓެއްގެ ވާހަކަ އަޑުނާއްސަވަންތޯ؟ އެހެން ޤައުމުތަކުގައި ވަމުން ދާ ގޮތް ފެނިވަޑައި ނުގަންނަވާތޯ؟ ސިއްޙީ މާހިރުންގެ ވާހަކަތައް އަޑުއައްސަވާ." މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫން ވިދާޅުވިއެވެ.

ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ވަރަށްބޮޑަށް ގޯސްވެފައިވާއިރު ރާއްޖޭގެ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއްމަސް ދުވަހަށް ވަނީ ދަންމާލާފައެވެ. ރާއްޖޭގައި ކޯވިޑް-19 ފެތުރޭ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެ އެކަމާގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައްވެސް ވަނީ ހަރުކަށިކޮށްފައެވެ. ސިއްޙީ މާހިރުން ވިދާޅުވަނީ ރާއްޖޭގައި ކޯވިޑް ފެތުރޭ ނިސްބަތް އިތުރުވެފައިވަނީ ކޯވިޑް ގެ އާ ވޭރިއަންޓް ރާއްޖޭގައި ފެތުރެމުންދާތީ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ނަމަވެސް އިދިކޮޅުން މަގުމައްޗަށް ނުކުމެ ސުލްހަވެރި ހިނގާލުމުގެ ނަމުގައި ކުރަމުންދާ މުޒާހަރާތައް މިދިޔަ ހަފްތާ ބަންދުގައިވެސް ވަނީ ކުރިއަށް ގެންގޮއްސައެވެ. އަދި މިފަދައިން މަގުމައްޗަށް ނުކުމެ އެއްވެއުޅުމުގައި، ކޮވިޑުން ރައްކާތެރިވުމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ ގަވާއިދުތަކަށް ބޯ ލަނބާތަނެއް ގިނަފަހަރަކަށް ނުފެނެއެވެ.


ކިޔުންތެރިންގެ ހިޔާލު


10

ކަލޯބެ

11-Feb-2021

ޔުމްނާ!! ކަލޭ ތީ ވަޒީފާގެ ބޭނުމުގަ ސަޔާސީ ވެގެން އުޅޭ މީހެއް!! ކަލެއަށް ތި ފެނުނީ އިދިކޮޅުން ނުރަގަޅު އެއްޗެއް ބުނީމަ!!! ކަލެއަށް ނުފެނޭތަ ޤައުމުގެ ވެރިން ކަންތައްތައް ކުރާގޮތާއި, މުއައްސަސާ ތަކުގެ ޙާލަތު!!! ބަފާހެން ފައިސާގެ ދަހިވެތިކަމުގައި އަނގަ ބަންދުވެފަ ތިޔަތިބީ!!


3

މުސްތަފަަ އިބުރަހިމު

11-Feb-2021

އަދިވެސް ތިމުގެ ހުވަފެނުން ފެންނަ ކަހަލަ އެެެގެފޮނި ނުލިބިގެން ދައުލަ ކައިފަތިބަޔަކު ކޮންވަަހަކައެދައްކަކަ ލަދުކޮބަ


7

ރަހުމަ

11-Feb-2021

ފުނަދޫ އަބުދުއްރަހީމު ޖަލައްނުލާހުރިހާތައްދުވަހަކު ޕީޕީއެމުން ރަނގަޅުނިމްމުމެއް ނުނިންމޭނެ.


9

މަ

11-Feb-2021

ދެންކަމަނާފާނުގެ ބޮޑުބޭބެ ޖަލުގައި ބަހައްޓާފައި އެހެރީކިއެއްވެތަ



ޓްރެންޑިން