ދިވެހިރާއްޖެ ފުލުހުން ނުކުމެ ދިވެހި ރައްޔިތުންނަށް އަނިޔާ ކުރިތާ ނުވަ އަހަރު ވެއްޖެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ ދަށުން ފުލުހުންގެ ބޯޑަށް މަޖިލީހުން ކަނޑައަޅާ އާންމުންގެ މީހުން ކަނޑައެޅުމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަން އިއުލާން ކުރެއްވުމަށް ފަހު ރައީސް ނަޝީދު ވިދާޅުވީ، މިއަދަކީ ދިވެހި ފުލުހުން ޖަޒުބާތުގައި ޖެހިގެން ކަމަށް ބުނެ ނުކުމެ ރައްޔިތުންނަށް އަނިޔާ ކުރިތާ ނުވަ އަހަރު ވެގެން ދިޔަ ދުވަސް ކަމަށެވެ.
"ދިވެހި ފުލުހުން ޖަޒުބާތުގައި ޖެހި ކަމަށް ވިދާޅުވެ ދިވެހި ފުލުހުން ނުކުމެ ރައްޔިތުންނަށް އަނިޔާ ކުރިތާ ނުވަ އަހަރު ވެގެން ދިޔަ ދުވަސް،" ދައުރުގެ މެދުތެރޭން އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ ބަޣާވާތަކުން މަޖުބޫރުކޮށްގެން ކަމަށް ވިދާޅުވަމުން ގެންދަވާ ރައީސް ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވިއެވެ.
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ ފުލުހުންގެ އާ ގާނޫނެއް މަޖިލީހުން ފާސްކުރީ ވެސް އެ މައްސަލައަށް އިންސާފު ހޯދުމަށް ކަމަށާއި އެމްޑީޕީއަށް މަޖިލީހުގެ ފުރިހަމަ ބޮޑު އަޣުލަބިއްޔަތެއް ރައްޔިތުން ދިނީ އެ ބަދަލު ރާއްޖެއަށް ގެނައުމަށް ރައްޔިތުން ބޭނުންވާތީ ކަމަށެވެ.
"އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެއީ މި މަސައްކަތުގެ އެންމެ ފަހު ތުންފަތުގައި ތިބުމުގެ ވަގުތަށް އައިސް ތިބެވުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން، ފުލުހުންގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އާންމުންގެ މެންބަރުންނަކީ، ފުލުހުން ދެއްކި ނުކިޔަމަންތެރިކަމުގެ އަމަލުތައް ތަހުގީގުކޮށް އެ ފުލުހުންނަށް ފިޔަވަޅު އަޅާނެ މީހުން ކަމަށާއި އެ މަސައްކަތް މަޖިލީހުން ފުރިހަމައަށް ކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ 9 އަހަރު ކުރިން ރައީސް ނަޝީދު އިސްތިޢުފާ ދެއްވި 7 ފެބްރުއަރީގައި އަދި އެއާ ވިދިގެން އައި 8 ފެބްރުއަރީގައި ވެސް ރާއްޖޭގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގިއެވެ. މި ދެ ދުވަހު ވެސް ފުލުހުންނާއި އާންމުންގެ ކުރިމަތިލުންތައް ހިނގިއެވެ.
މީގެ 9 އަހަރު ކުރިން 8 ފެބްރުއަރީ 2012 ވަނަ ދުވަހަކީ ރާއްޖޭގެ ތާރީޚުން އަނިޔާވެރި ކަޅު ދުވަހެކެވެ. 7 ފެބްރުއަރީ 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމަށްފަހު، އެމްޑީޕީގެ ބިޔަ ބޮޑު ލަސްކަރު މާލޭގެ މަގުތަށް ފުރާލީ ހީނުކުރާވަރު ގިނަ އަދަދެއްގެ ބަޔަކާއިއެކު ނިކުމެއެވެ.
މާޔޫސް ވެފައިތިބި އެމްޑީޕީގެ ލަސްކަރަށް ހިތްވަރު ލިބުނީ ފެބްރުއަރީ 8 ވަނަ ދުވަހު ދަރުބާރު ގޭގައި ބޭއްވި އެމްޑީޕީގެ 100 ވަނަ ގައުމީ މަޖިލިސްގެ ބައްދަލުވުމުންނެވެ. އެ ބައްދަލުވުމުގައި އޭރުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ ވަނީ ޑރ. ވަޙީދުގެ ސަރުކާރަކީ ޣައިރުޤާނޫނީ ސަރުކާރެއްކަމަށް ވިދާޅުވެ ޤަރާރެއް ހުށައަޅުއްވާފައެވެ.
އެދުވަހު ހިންގި ހަމަނުޖެހުންތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ފުލުހުންގެ އިމާރާތްތަކާއި ކޯޓުތަކާއި ކައުންސިލް އިދާރާތަކަށް ގެއްލުންދީ، ހުޅުޖަހައި، އަންދާލިއެވެ.

ކިޔުންތެރިންގެ ހިޔާލު