މިނިސްޓަރ އޮފް ޓުއަރިޒްްމް، ޑރ. އަބްދުﷲ މައުސޫމް.
މިނިސްޓަރ އޮފް ޓުއަރިޒްްމް، ޑރ. އަބްދުﷲ މައުސޫމް.
ކޮވިޑުގެ ބަލިމަޑުކަމާއެކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އަޑިއަޅާލާފައި އޮތް އޮތުމުން އަރައިގަނެ، މިއަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން މުޅިން ރަނގަޅުވެގެން ދާނެކަމަށް ފަތުރުވެރިކަމާއި ބެހޭ މިނިސްޓަރ ޑރ. މައުސޫމް ލަފާކުރަށްވައިފިއެވެ.

މިއަހަރުގެ ތެރޭގައި ފަތުރުވެރިކަން މުޅިން ރަނގަޅުވެގެން ދާނެކަމަށް މިނިސްޓަރ އޮފް ޓުއަރިޒަމް، ޑރ. އަބްދު ﷲ މައުސޫމް ލަފާކުރަށްވާފައިވަނީ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދުވަހެއް ދުވަހަކަށް މައްޗަށް ދާތީއެވެ. މިގޮތުން އިއްޔެ އެކަނިވެސް 4300 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް މިނިސްޓަރ ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަން މުޅިން ރަނގަޅުވެގެން ދިޔުމުގައި ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި މިހާރު ފެށިފައިވާ ވެކްސިން ދިނުމުގެ ކެމްޕޭނު އިސްރޯލެއް އަދާކުރާނެ ކަމަށްވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.



ކޯވިޑް-19އާ ގުޅިގެން 2020 ވަނަ އަހަރުގެ މާޗު 27ގައި ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ތިން މަހަށްވުރެ ދިގު އިންތިޒާރަކަށް ފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާފައިވަނީ 2020 ވަނަ އަހަރުގެ ޖުލައިމަހުގެ 15 ވަނަ ދުވަހު އެވެ.

ފަތުރުވެރިކަމުގެ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެބްރުއަރީމަހުގެ ހަވަނަ ދުވަހާއި ހަމައަށް 109،219 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މި ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން 24،600 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރިއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާއިން 23،300 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެެވެ.

މީގެ އިތުރުން ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދޭ 627 ތަނެއް މިހާރު ވަނީ ހުޅުވާފައެވެ. އެގޮތުން 145 ރިސޯޓަކާއި، 135 ސަފާރީގެ އިތުރުން 247 ހޮޓާ، ގެސްޓްހައުސްއެއް ވަނީ ހުޅުވާފައެެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން އަންނައިރު، ސަރުކާރުން ދަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެމަސައްކަތްތަކާއެކު ފަތުރުވެރިކަމާ ގުޅޭ ބައިނަލްއަޤްވާމީ ގިނަ އެވޯޑްތަކެއްވެސް ރާއްޖެއަށް ދަނީ ލިބެމުންނެވެ. އެގޮތުން 2020 ވަނަ އަހަރު ވޯލްޑް ޓްރެވަލް އެވޯޑްސްގެ "ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން"ގެ އެވޯޑާއި، ސައުތު އެޝިއަން ޓްރެވަލް އެވޯޑްސްގެ 19 އެވޯޑެއް ވަނީ ރާއްޖެއަށް ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން