މަރުކޮމިޝަނުން އާންމުކުރި ފޮޓޯ
މަރުކޮމިޝަނުން އާންމުކުރި ފޮޓޯ
ނޫސްވެރިޔާ އަހުމަދު ރިޟުވާނަށް ބިރު ދެއްކި ވަޅިއާ ބެހޭ މައުލޫމާތު ހޯދައި ދިން ފަރާތަކަށް ފަސް ލައްކަ ރުފިޔާ ދިނުމަށް ނިންމައި ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ބަލާ ކޮމިޝަނުން ފޮޓޯއެއް އާންމުކޮށްފިއެވެ.

މަރުކޮމިޝަނުން ބުނީ މި ވަޅިއަކީ ހުޅުމާލޭ 21 ނަމްބަރު ފްލެޓް ކުރިމަތިން ގަދަކަމުން ކާރަކަށް އެރުވުމަށް ރިޟުވާނަށް ބިރުދައްކަން ބޭނުންކުރި ވަޅި ކަމަށެވެ. އަދި މި ވަޅި މަގުމަށްޗަށް ވެއްޓިފައިވާކަމަށް ކޮމިޝަނުން ހާމަކޮށްފައިވެއެވެ.

މި ވަޅިއާ ގުޅުންހުރި މައުލޫމާތު ދެއްވުމަށް ކޮމިޝަނުން އެދިފައިވާއިރު، މައްސަލައިގެ ބާވަތުން މައުލޫމާތު ދޭ ފަރާތްތަކުގެ ވަނަވަރު ސިއްރުކުރުމަށް ވަނީ ނިންމާފައެވެ.

މަރު ކޮމިޝަނުން ބުނީ މައުލޫމާތު ދޭން ބޭނުންވާ މީހުން ކޮމިޝަނަށް ހާޒިރުވެ، ނުވަތަ ކޮމިޝަންގެ ނަންބަރު 7390841 ފޯނަށް ގުޅައިގެން މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށެވެ. އަދި ހަމަ މި ނަންބަރަށް ވައިބަ، ވަޓްސްއެޕް، ޓެލެގްރާމް ނުވަތަ ސިގްނަލް މެދުވެރިކޮށް ވެސް މައުލޫމާތު ފޯރުކޮށްދެވޭނެއެވެ.

2014 ވަނަ އަހަރުގެ އޮގަސްޓު މަހު މިނިވަން ނޫހުގެ ނޫސްވެރިޔާ ރިޟުވާން ގެއްލިފައިވާއިރު، އޭނާ ހޯދުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކުން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާތީ ރިޟްވާނުގެ އާއިލާއިންދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެފަދަ ކަންބޮޑުވުންތައް އަޑުއައްސަވާ އެފަދަ މައްސަލަތައް ތަޙްޤީގުކުރުމަށް ސަރުކާރުން ވެވަޑައިގެންނެވި ވައުދާއި އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް އުފެއްދެވި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަންގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްގެންދާތާ ތިންއަހަރު ފުރެމުންދާއިރު އެކޮމިޝަނުން ތަހުގީގު ކުރަމުން ގެންދާ ރިޟުވާނުގެ މައްސަލައިގެ ތަޙްޤީގަށް އަދި މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


6

ހަސަން

11-Feb-2021

ވަޅި އެއީ މީހެއްތަ? ވަޅި ކިހިނެއް ބިރުދައްކާނީ? ދެން ތިވަޅި ފެނިޖެއްޔާ ބިޑި އަޅުވާފަ މުޅި އުމުރަށް ޖަލުގަ ބާއްވާނީ ދޯ? ވަޅި ތީ ހާދަ ނުލަފާމީހެއް. އަހަރުމެން އަށުގާ ކުރިން އުޅުނު ޖަންބިޔާ ކިޔާމީހެއްވެސް.



ޓްރެންޑިން