މީގެ 9 އަހަރު ކުރިން، 8 ފެބްރުއަރީ 2012ގައި ހިންގި ހަމަނުޖެހުންތަކުގައި އިއާދަނުކުރެވޭ ޝަރުޢީ ތަރިކަ ނެތިގޮސްފައިވާ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 7 ފެބްރުއަރީ 2012ގައި ނިމުމަކަށް އައުމާ ގުޅިގެން، ޖެހިގެން އައި ފެބްރުއަރީ 8 ވަނަ ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޑީޕީން ހިންގި ހަމަނުޖެހުންތަކުގައި ލިބުނު ގެއްލުންތަކަށް އިޝާރާތްކުރައްވައެވެ.
"ރައްޔިތުންގެ މުދަލަށް ގެއްލުންދިނުމަކީ ސިޔާސީ ފިކުރުގެ ބަޔަކަށް ވެގެންނުވާނެ. އިއާދަނުކުރެވޭ ޝަރުޢީ ތަރިކަ ނެތިގޮސްފި. ޚާއްޞަކޮށް އައްޑޫއިން ނެތިދިޔަ ތަކެތި ކިތަންމެ ޕައުންޑަކުންވެސް ނުގަނެވޭނެ. މިޒަޚަމަށް ފަރުވާއެއް ނެތް. މިކަން ހިންގި މީހުން ހަނދާންކޮށް އިތުުރު ފުރުޞަތު ނުދެމާ." ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލުކަން ވެސް ކުރައްވަމުން ގެންދަވާ، ކުރީގެ ނައިބު ރައީސް ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އިސް ވެރިން އިސްވެތިބެ، 8 ފެބްރުއަރީގައި އެމްޑީޕީގެ ސަޕޯޓަރުންނާއިގެން މުޒާހަރާއަށް ނުކުތެވެ. ރައީސް ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުން ފުލުސް އޮފީސް ސަރަހައްދަށް ޖަމާވީ އިރު ސަރަހައްދުގައި މަދުން ނަމަވެސް ތައްޔާރީ ހާލަތުގައި ދިވެހި ފުލުހުން ތިއްބެވެ. އެކަމަކު، އެއްވުން ހޫނުވެ، ހަމަނުޖެހުން ބޮޑުވުމުން، އިތުރު ފުލުހުންނާއެކު މަގު މައްޗަށް ސިފައިން ވެސް ނެރުނެވެ. މި ހަމަނުޖެހުން ކޮންޓުރޯލު ކުރާން ސިފައިންނާއި ފުލުހުން ކުރި މަސައްކަތުގައި އެތައް ބަޔަކަށް އަނިޔާ ކުރި ކަމަށް ވެއެވެ.
،އެ ދުވަހު ވަކި ހިސާބަކުން، ރާއްޖޭގެ ހުރިހައި ރަށެއްގައި މުޒާހަރާ އިއުލާންކޮށް އިހުތިޖާޖުތައް ފެށިއެވެ. މި އިހުތިޖާޖުތައް ހަމަނުޖެހުން ތަކަށް ބަދަލުވެ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ ސަރުކާރުގެ އިމާރާތްތަކާ މުދަލުގައި ހުޅުޖެހިއެވެ. މީގެ ސަބަބުން ރައްޔިތުންނާ ގުޅުންހުރި މުހިންމު ލިއެކިއުންތައް ވެސް ނެތިގެން ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު