އައްޑޫގައި ކޮވިޑް ފެތުރެމުންދާތީ އައްޑޫގެ ހާލަތު ވަރަށް ގޯސް ކަމަށާއި ވީހާ ފަސޭހައިން އަވަހަށް ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ސަރުކާރަށް ގޮވާލައްވައިފިއެވެ.
އައްޑޫގައި ކޮވިޑް ފެތުރެމުންދާތީ ކަންބޮޑުވުން ފާޅުކުރަށްވައި ރައްޔިތުންގެ މަނިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ނިހާދު ވިދާޅުވީ އައްޑޫގައި މިވަގުތު ވެކްސިން ޖެހެމުގެ އިންތިޒާމް ހަމަޖެހިފައި ވަނީ އައްޑޫ ހައި ސްކޫލްގައި އެކަނި ކަމަށެވެ. ވެކްސިން ޖަހަން މަރަދޫ އިން ފޭދޫއަށް އަންނަން ޖެހެނީ ވެސް ޓެކްސީއެއްގައި ކަމަށްވެފައި މިފަދަ ދުވަސްވަރެއްގައި އެއީ ރައްކާތެތި ކަމެއް ނޫންކަށް ނިހާދު ފާހަގަ ކުރެއްވި އެވެ.
މަރަދޫ އަދި ފޭދޫގައި ވެސް ހެލްތު ސެންޓަރުތައް އެބަ ހުރި ކަމަށާއި އެތަންތަނުން ވެކްސިން ޖެހޭނެ ގޮތް ހަމަޖައްސައިދީ ވީހާވެސް އަވަހަކަށް ހައިރިސްކް މީހުންނަށް ވެކްސިން ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށްވެސް ނިހާދު ވަނީ ގޮވާލައްވައިފަ އެވެ.
ނިހާދު ވިދާޅުވީ އިއްޔެގެ އިރުއޮއްސުމާއި ހަމައަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު 40 އިން މައްޗަށް އަރައިފައިވާ ކަމަށެވެ.
"ޕޭޝަންޓުން ހޮސްޕިޓަލްތަކަށް ދިޔުމާއި ގުޅިގެން ޑޮކްޓަރުންނާއި ނަރުހުންގެ އެތައް ބަޔަކު ކަރަންޓީނުވާން ޖެހިއްޖެ. ހާލަތު ވަރަށް ގޯސްވެ، ކޮންޓެކްޓް ލިސްޓް ވަރަށް ބޮޑު ވަރަށް ދިގު. ސާމްޕަލް ނެގުމަށްޓަކައި އިންތިޒާރުކޮށްގެން ތިބެންޖެހޭ ވަގުތު އެހާ ގިނަމެ، ހުން އައިސް ބަލިކޮށް މީހުން އެބަ ތިބި." ނިހާދު ވިދާޅުވެފައިވެއެވެ.
ކޮވިޑްގެ ހާލަތަށް ތައްޔާރުވެފައިވާ މިންވަރާއި މެދު ސުވާލު އުފައްދަވަމުން، “މިހާލަތުގައި ބަލިޖެހިގެން އާއްމުންގެ ތެރޭގައި ދިރިއުޅޭ މީހާ ބަހައްޓާނެ ފެސިލިޓީއެއް ހުރިތޯ؟ޕީޕީ އެބަ ހުރިތޯ، ވެންޓިލޭޓަރ އެބަހުރިތޯ، ބަލިމީހުންނަށް އަޅާލެވޭ އިންތިޒާމް އެބަހުރިތޯ؟” ބަލަންޖެހޭ ކަމަށްވެސް ނިހާދު ވިދާޅުވެފައިވެއެވެ.
އައްޑޫ ސިޓީގައި ކޮވިޑް-19 ފެތުރެމުންދާތީ އެ ސިޓީގެ ރެސްޓޯރެންޓްތައް ބަންދު ކުރަން ސިޓީ ކައުންސިލުން މިހޜު ވަނީ ނިންމާފައެވެ. ސިޓީ ކައުންސިލުން ބުނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އައްޑޫ ސިޓީގެ މޮނިޓަރިންގ ހާލަތު އުވާލަންދެން ނުވަތަ ކައުންސިލުން ވަކިގޮތެއް އަންގަންދެން މިއަދު ހަވީރު 16:00 އިން ފެށިގެން ރައްކާތެރިކަމުވެ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.
ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ވަރަށްބޮޑަށް ގޯސްވެފައިވާއިރު ރާއްޖޭގެ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއްމަސް ދުވަހަށް ވަނީ ދަންމާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު