ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ނާޗަރަންގީ ޖަގަހަތަކަށް ވުރެ ޒުވާނުންނަށް ބޭނުންވަނީ އެކަށީގެންވާ ވަޒީފާގެ ފުރުޞަތުތައް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މާލޭގައި ޒުވާނުންނަށް މަޖާކޮށް މިއުޒިކް ކުޅެ އެކުވެރިންނާ ބައްދަލުކޮށް ހަދައި އުޅެވޭނެ މަރުކަޒެއް ގާއިމް ކުރުމަށް ގޮވާލައި އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށައެޅުއްވި ގަރާރާއި ގުޅޭ ނުސީދާ ރައްދެއް ދެއްވަމުން ޑރ. ޝަހީމް ވިދާޅުވީ، ޒުވާނުންނަށް ބޭނުންވަނީ ހިތް ފަސޭހަ ދިރިއުޅުމާއި ބޯ ހިޔާވަހިކަމާއި ހަރުދަނާ ޢާއިލާއެއް ބިނާކުރުމާއި އަބުރުވެރި ދިރިއުޅުން ކަމަށާއި ސިޔާސީ ލީޑަރުން އަމާޒު ހިފަންވީ ޒުވާނުންގެ މުސްތަޤުބަލު އުޖާލާކުރުމުގެ މައްޗަށް ކަމަށެވެ.

"‏ނިކަން ބައްލަވާ. ޑިގްރީއާއި މާސްޓަރ ހަދާފަ ވަޒީފާ އެއް ނެތިގެން ޢާއިލާއާއި މައިންބަފައިންނަށް ދޭންޖެހޭ އެހީތެރިކަން ދެވޭނޭ ގޮތެއް ނުފެނި އެތައް ޒުވާނުން މަގުމަތިވެފައި އެބަތިބި. ވަޒީފާއަށްޓަކައި ސަލާން ޖަހަަންޖެހޭ ޙާލަތު ނެތިކޮށް ޒުވާނުންގެ އަތުގައި ހިފަންޖެހޭ." ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ، ‏އޭނާ އެދިވަޑައިގަންނަވަނީ ނާޗަރަންގީ ޖަގަހަ ތަކާއި ނައިޓް ކްލަބްތަކުގެ ޝިކާރަ އަކަށް ޒުވާނުން ވިޔަ ނުދީ ޤައުމުގެ މުސްތަޤުބަލަށްޓަކައި ޒުވާނުންގެ ޝަޚުޞިއްޔަތު ބިނާކުރުން ކަމަށެވެ. އަދި ސިޔާސީ ލީޑަރުންނަށް ޤައުމަށް ކޮށްދެވޭނެ އެންމެ އަގުހުރި ޚިދުމަތަކީ އެއީ ކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވި އިރު، އެމްޑީޕީން މުއަދު ވަނީ ޒުވާނުން މިއުޒިކް ކުޅެ މަޖާކޮށްލައި އެކުވެރިންނާއެކު ވަގުތު ހޭދަކޮށްލާ ހަދާނެ އެކަށީގެންވާ މަރުކަޒެއް މާލޭގައި ގާއިމް ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން