ޝެއިޚް އަލީ ޒައިދު
ޝެއިޚް އަލީ ޒައިދު
މިހާރުގެ އިލްމުވެރިންނަށް މިއުޒިކަކީ ޙަރާމް އެއްޗެކޭ ބުނެވިގެން ނުވާނެ ކަމަށް ބުނެ ރައްޔިތުން މަޖިލީހުގެ ތަޅަމުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ބައެއް މެމްބަރުން ވާހާދެއްކުމާ ގުޅިގެން ދީނީ އިލްމުވެރިޔާ އަލީ ޒައިދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޒައީދު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މެމްބަރަކަސް އިސްލާމްދީން ރަނގަޅަަށް ނޭނގި ދީނުގެ ނަމުގައި ވާހަކަދެއްކެވުމަކީ އިސްލާމީ ވަހުދަތަށް ހުރި ނުރައްކަލެއް ކަމަށެވެ. އަދި ދީނުގައި ނުވާ ކަންތައްތަކެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ހަނު ހުރުމަކީ އެމީހެއްގެ ފަތަށްވެސް އެންމެ ލުއި ގޮތް ކަމަށް ޒައީދު ވިދާޅުވިއެވެ.

މީގެއިތުރުން މިއުޒިކަކީ ހަރާމް އެއްޗެކޭ ބުނެވިގެން ނުވާނެ ކަމަށް ބުނެ، މިއުޒިކް ހުއްދަކޮށްގެން މަޖިލީހުގެ ތަޅަމުގައި ބަހުސްކުރެއްވި މެމްބަރުނަށް ރައްދު ދިނުމުގެ ގޮތުން ޒައީދު ވަނީ ދީން ރަނގަޅަށް ނޭނގި އެފަދަ ވާހަކަތައް ނުދެއްކެވުމަށް އިލްތިމާސް ކުރައްވައިފައެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް އިސްލާމްދީން ރަނގަޅަށް ނޭނގި، ދީނުގައި އޮންނާނީ މިހެންނޭ އެހެންނޭ ކިޔައިގެން އަޑު ގަދަ ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް. ދީނޭ ކިޔައިގެން ތިމާއަށް ނޭނގޭ ވާހަކަ ނުދައްކަވާ ތިއްބެވުމަކީ އެންމެ ރަނގަޅު ގޮތް. އަދި ފަތަށްވެސް އެންމެ ލުއި ގޮތް،" ޒައިދު ވިދާޅުވިއެވެ.

މިއުޒިކާ ގުޅޭ ގޮތުން އިލްމުވެރިންނަށް ގޮންޖަހަމުން މެންބަރުން ބަހުސްކޮށްފައި ވަނީ މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިއުޒިކް އަޑުއަހާލައި، އެކުވެރިންނާއި ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި، އުފާވެރި މާހައުލެއްގައި ހީ، ސަމާސާކޮށް މަޖާކޮށްލައި އެއްވެ ތިބެވޭނެފަދަ މަރުކަޒެއް ޤާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މިއަދު ހުށައެޅުއްވި ގަރާރާ ގުޅިގެނެވެ.


ކިޔުންތެރިންގެ ހިޔާލު


9

ޖަހާނގީރު

11-Feb-2021

ރާއްޖޭ ލާދީނީ ކުރުނުގެ އެޖެންޑަ 19 ފެށިއްޖެކަން ޒައިދަށް ނޭނގެނީތޯ. ގިނަ ޝައިޚުން ތިބީ ލާރިއަަށް ވިކިފަ. އިމްރާން އެއުޅުއްވަނީ ޒުމްބާ ކުލާހައް ވަޑައިގެން. ސިދާތާ ދެން ފާހަގަކުރަނީ ކްރިސްމަސް ދުވަސް



ޓްރެންޑިން