އެސްޓީއޯ ގެ މައި އިމާރާތް
އެސްޓީއޯ ގެ މައި އިމާރާތް
އޮންލައިންކޮށް ފޯމެއް ފުރުމުން ބޭހަށް އޯޑަރު ކުރެވޭނެ އިންތިޒާމު އެސްޓީއޯއިން ހަމަޖައްސައިފި އެވެ.

އެސްޓީއޯ އިން މި ފުރުސަތު ހުޅުވާލާފައި ވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށެވެ.

އެސްޓީއޯ އިން ބުނީ ވައިބާ އިން މިހާތަނަށް ބޭސް ސިޓީ ފޮނުވައި އޯޑަރު ދީފައިވާ މީހުން އަލުން އެފޯމް ފުރަން ނުޖެހޭނެ ކަމަށެވެ. އަދި ފުލުހުން ދޭ ހުއްދަ އޮތް މީހުންނަށް އޯޑަރު ތައްޔާރުވުމުން ބޭސް ބަލައި ދެވޭނެ ކަމަށްވެސް އެސްޓީއޯއިން ބުނެފައިވެއެވެ.

ބޭސް ނެގުމަށް ބޭނުންވާ ފަރާތްތަކުން އެސްޓީއޯ ވެބްސައިޓްގައިވާ އޮންލައިން ފޯމް ފުރިހަމަ ކުރުމަށް އެސްޓީއޯ އިން ވަނީ އެދިފައެވެ.

ކޯވިޑް-19 އާ ގުޅިގެން މާލެ ލޮކްޑައުން ކޮށްފައި ވުމާއެކު ގެއިން ބޭރަށް ނުކުތުމަށް ފުލުހުންގެ ޚާއްސަ ހުއްދައެއް ބޭނުންވެއެވެ. އަދި ހުއްދަ ނެތި މަގުމަތީގައި އުޅޭ މީހުން ނާމެދު ފުލުހުން ގެންދަނީ ފިޔަވަޅު އަޅަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން