ގއ. މާމެންދޫ
ގއ. މާމެންދޫ
ގއ. މާމެންދޫގައި ރޭ ހިންގި މާރާމާރީގައި 17 އަހަރުގެ ކުއްޖަކު މަރާލި މައްސަލައިގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާތަނަށް މި މާރާމާރީއާ ގުޅިގެން ޖުމުލަ ތިން ޒުވާނަކު ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ އުމުރުން 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނެއްގެ އިތުރުން 18 އަހަރުގެ ފިރިހެނެކެވެ.

ރޭ މާމެންދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީގައި ޒަހަމްވި އެއްބަނޑު ދެބެންގެ ތެރޭން ހަގު މީހާއަށް ލިބުނު އަނިޔާތަކަށް ގއ. ވިލިނގިލީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ.

މާރާމާރީގައި ނިޔާވެފައި ވަނީ ގއ. މާމެންދޫ، ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔު (17 އ.) އެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމުތަކެއް މާމެންދޫ އަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު


23

ގޮމަ

11-Feb-2021

ހައްޔަރުކުރިޔަކަަސް ނުފުދޭ މަރައްމަރުހިފަންވީ



ޓްރެންޑިން