"ޒުވާން މަސްވެރިޔާ"ގެ ނަމުން މަޝްހޫރުވެފައިވާ ހަސަން ސާޖިން
"ޒުވާން މަސްވެރިޔާ"ގެ ނަމުން މަޝްހޫރުވެފައިވާ ހަސަން ސާޖިން
މަސްވެރިކަން ޕްރޮމޯޓްކުރަމުން އަންނަ "ޒުވާން މަސްވެރިޔާ"ގެ ވީޑިއޯއަކަށް 39 މިލިއަން ވިއުސް ލިބިއްޖެއެވެ.

2020 ވަނަ އަހަރުގެ މޭ މަހު ފޭސްބުކަށް އޭނާ ދޫކޮށްލި އެ ވީޑޯ 55 ހާސް މިހުން ވަނީ ޝެއާރ ކޮށްފައެވެ. މިއާއެކު ރާއްޖޭގެ އެންމެ މަގުބޫލް ވީޑިއޯގެ ޝަރަފު އޭނާގެ މި ވީޑިއޯއަށް ލިބިގެންދާނެއެވެ. މިއީ ދިވެއްސަކު ޕޯސްޓްކުރި ވީޑީއޯއެއް މިހާ ބޮޑަށް ވައިރަލްވި ފުރަތަމަ ފަހަރެވެ.



"ޒުވާން މަސްވެރިޔާ"ގެ ނަމުން މަޝްހޫރުވެފައިވާ ހަސަން ސާޖިންއަކީ ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓުކޮށް މަސްވެރިންގެ ހައްގުގައި އަޑުއުފުލަމުންދާ ހިތްވަރު ގަދަ ޒުވާނެކެވެ.

ސާޖިންއަކީ އުރީދޫ މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރު ވެސް މެއެވެ.

މިހާރު އުމުރުން 21 އަހަރުގެ ސާޖިން ދަނީ، އޭނާގެ ހަޔާތް މުޅިން ހެން ކަނޑުމަތީގައި ހޭދަ ކުރަމުންނެވެ. އޭނާގެ ތަޖުރިބާތައް ހުރިހާ ރައްޔިތުންނާއި ހިއްސާ ކުރަމުންދަނީ، ސޯޝަލް މީޑިޔާއަށް ދޫކޮށްލާ، މިފަދަ ވީޑިއޯތަކާއި ފޮޓޯތަކުންނެވެ.

ސާޖިން ބުނީ، ސިނާއަތް ކުރި އަރުވާ، މަސްވެރިންނަށް އިތުރު ފުރުސަތު ފަހި ކޮށްދީފިނަމަ، މިއަށް ވުރެ ފަހި މުސްތަގުބަލެއް އޮތް ސިނާއަތަކަށް މަސްވެރިކަން ހެދޭނެ ކަމަށެވެ. އެހެންކަމުން އޭނާ މަސައްކަތް ކުރަނީ އެމަގަށް ކަމަށް ސާޖިން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން