ވެރިކަން ހިންގާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ އިތުބާރު ނެތް ނަމަވެސް، މިސަރުކާރުގެ ކޮމިއުނިކޭޝަން މިނިސްޓްރީގައި ހުންނެވި، ވަޒީރު މުހައްމަދު މަލީހް ޖަމާލް އަދިވެސް މަގާމުން ވަކިނުކޮށް ހުރުމަކީ އެމްޑީޕީން ލަދު ގަންނަން ޖެހޭ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު އޮތް އެމްޑީޕީން މަލީހް މަގާމުން ވަކި ކުރަން ފެންނަ ކަމަށް ނިންމައި، އެމްޑީޕީގެ ޕީޖީއަށް މައްސަލަ ހުށަހެޅުއްވީ އެ ޕާޓީގެ 10 މެމްބަރަކު ސޮއި ކުރަށްވައިފައެވެ.
މައްސަލަ ހުށައެޅުމުން، މިދިޔަ އަހަރުގެ ފަހުކޮޅު އެމްޑީޕީގެ ޕީޖީއިން ފާސްކުރީ މިނިސްޓަރު މަލީހްގެ އިތުބާރު ނެތް ކަމަށް ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ދެންނެވުމަށެވެ. އެކަަމަކު، ރައްޔިތުންގެ މަޖިލީހަށް މައްސަލަ ވެއްދުމަށް ފާހެއް ނުކުރެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރާއްޖޭގެ ޓެލެކޮމް އޮޕަރޭޓަރުންނަށް މަންފާވާ ގޮތަށް ގާނޫނާ ޚިލާފަށް ޓެލެކޮމް އޮތޯރިޓީއިން މަސައްކަތް ކުރާ ކަމަށް ވިދާޅުވެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން މީކާއީލް ވިދާޅުވީ ކޯވިޑް-19ގެ ބަލިމަޑުކަން ކުރިމަތިވެގެން ދިވެހި ދަރިވަރުންނާއި އެ ދަރިވަރުންގެ އާއިލާތައް ހާސްކަމުގައި ތިބިއިރު މިނިސްޓަރު މަލީހް ޒިންމާ ނުނަންގަވައި އުޅުއްވީ ވަޅުދިޔަ ހިއްކެވުމަށް ކަމަށެވެ.
މީކާއީލް ވިދާޅުވީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިނިސްޓަރު މަލީހްގެ އިތުބާރު ނެތް ކަމަށް ކަނޑައެޅި ފަހުން ދެ މަހަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު އެމްޑީޕީގެ އިތުބާރު ނެތް އެ މިނިސްޓަރު އަދިވެސް ހުންނެވީ މަގާމުގައި ކަމަށެވެ. އެއީ އެމްޑީޕީއިން ވަރަށް ބޮޑަށް ލަދު ގަންނަން ޖެހޭ ވަރުގެ ކަމެއް ކަމަށް މީކާއީލް ވިދާޅުވިއެވެ.
"މިއީ އަޅުގަނޑުމެން ލަދު ގަންނަން ޖެހޭ ކަމެއް، އަޅުގަނޑުމެން 65 މެންބަރުންނަށް ރައްޔިތުން ފުރުސަތު ދިން ސަބަބަކީ މިއީ، މަސައްކަތް ނުކުރާ ޒިންމާދާރުކަމެއް ނެތް ވަޒީރުން ދުރުކުރުން، އަޅުގަނޑު ދަންނަވަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަށް [މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމަށް]، އެމްޑީޕީ ޕީޖީ ގްރޫޕްގެ ނިންމުން މިއަދު ތަންފީޒު ކޮށްދިނުމަށް." މީކާއީލް ވިދާޅުވިއެވެ.
އިންޓަނެޓް އަގު ތިރި ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެކަން ކުރެވެން އަންނަނީ މަލީހް ހުންނެވި މިނިސްޓްރީގެ ތެރެއިންނެވެ. ނަމަވެސް ސަރުކާރަށް ދެ އަހަރު ފުރި 3 ވަނަ އަހަރަށް އެޅި އިރުގައިވެސް އެކަން ނުވެ އޮތުމުން އާންމުން ދަނީ ފާޑުކިޔަމުންނެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ ދިރާގާއި ސަރުކާރު ގުޅިގެން ހިންގާ ޖަރީމާއެކެވެ. ގިނަ މީހުން ދިރާގު ސިފަކުރަނީ ރައްޔިތުން ފެލާ ސަރުކާރުގެ ކުންފުނީގެ ގޮތުގައެވެ. ނަމަވެސް މަޖިލީހުގެ އެއްވެސް މެންބަރަކަށް ވެސް ދިރާގާ ދެކޮޅަށް ބަހެއް ބުނަން ނުކެރޭކަން ގިނަ ރައްޔިތުން ފާހަގަ ކުރެއެވެ. ދިރާގަކީ ރައްޔިތުން “ފެލައިގެން” މިހާރުވެސް ސަރުކާރަށް އެންމެ ބޮޑު އާމްދަނީއެއް ހޯދައިދޭ އެއްކުންފުންޏެވެ.

ކިޔުންތެރިންގެ ހިޔާލު