ޕީޕީއީގައި ތިބި އެޗްޕީއޭގެ ޓީމެއް
ޕީޕީއީގައި ތިބި އެޗްޕީއޭގެ ޓީމެއް
ގއ. ވިލިނގިލީގައި ހުންނަ ފެސިލިޓީގައި ކޯވިޑް-19އަށް ފަރުވާދެމުން ދިޔަ އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި ނިޔާވެފައި ވަނީ އުމުރުން 76 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މީހާގެ މަރާއެކު ރާއްޖޭން ކޯވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު 56 ވަނީ އަރާފައެވެ. މިއީ އަތޮޅުތަކުގެ ފެސިލިޓީއެއްގައި ކޮވިޑްގައި ނިޔާވި ފުރަތަަމަ މީހާ އެވެ.

އޭނާއަށް އެ ފެސިލިޓީގައި ފަރުވާދޭތާ ދެ ހަފުތާއެއްހާ ދުވަސްވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެމީހާ އިތުރު ފަރުވާއަށް މާލެ ގެންދިއުމުގެ މަސައްކަތް ވެސް ކުރި އެވެ.

ނަމަވެސް އެކަން ނުކުރެވުނީ އޭނާގެ ބަލި ހާލަތު ހުރި ގޮތުން ދަތުރުފަތުރު ކުރުމުގައި ދިމާވި އުނދަގޫތަކާ ގުޅިގެނެވެ.

އެނގިފައިވާ ގޮތުގައި އެމީހާއަކީ ސްޓްރޯކެއް ޖެހުމުގެ ސަބަބުން ބަލި އެނދުގައި އޮންނަތާ ވަރަށް ގިނަ ދުވަސްވެފައިވާ މީހެކެވެ. ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ އެމީހާގެ ފުއްޕާމެއަށް ވަރަށް ބޮޑަށް ބަލީގެ އަސަރުކޮށްފައިވާ ކަމަށްވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން