ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު. --- ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު. --- ފޮޓޯ: މަޖިލިސް
ދިވެހިރާއްޖޭގައި ތިއްބެވި ބައެއް އިސްލާމް ދީނުގެ އިލްމުވެރިން ދެއްވަމުން ގެންދަވަނީ ޖިންސީ ގުޅުމާބެހޭ އިރުޝާދު ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްލާމް ދީނުގެ އިލްމުވެރިންނަށް ފާޑުވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ވެސް ރައީސްކަން ކުރައްވާ، ރައީސް ނަޝީދު މިއަދު ވަނީ، އެފަދަ ބޭފުޅުންގެ އިރުޝާދު ރައްޔިތުން ބަލައިގަންނާނީ ކިހިނެއްތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މިއުޒިކާ ބެހޭގޮތުން އިސްލާމް ދީނުގައި އޮތް ހުކުމާ ގުޅޭ ގޮތުން މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން ވާހަކަ ދެއްކެވުމާ ގުޅިގެން އިސްލާމް ދީނުގެ ބައެއް އިލްމުވެރިން ކަންބޮޑުވުން ފާޅުކުރައްވަމުން ދަނިކޮށް، އިސްލާމިކް މިނިސްޓްރީއިން ވަނީ އިއްޔެ ބަޔާނެއް ނެރެފައެވެ. އޭގައި ވަނީ، ދީނީ ހުކުމްތައް ބަޔާން ކުރުމަކީ އެ މިނިސްޓްރީއިން ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ދޫކޮށްފައިވާ ދީނީ އިލްމުވެރިންގެ ޒިންމާއެއް ކަމަށެވެ.

މިނިސްޓްރީގެ އެ ބަޔާނަށް އިޝާރާތް ކުރައްވަމުން ރައީސް ނަޝީދު މިއަދު ވިދާޅުވީ އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ވާހަކަފުޅުތަކުގައި ވެސް އަދި ރައްޔިތުންގެ މެދުގައި ވެސް ދެކެވޭ އެއް ވާހަކައަކީ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ލިބިފައިވާ މިފަދަ ބައެއް އިލްމުވެރިން ދެއްވާ އިރުޝާދަކީ ޖިންސީ ގުޅުމުގެ އިރުޝާދު ކަމުގެ ވާހަކަށެވެ.

"އަޅުގަނޑު އިއްޔެ މި މަޖިލީހުގައި މެންބަރުން ވާހަކަ ދައްކަވަނިކޮށް އަޅުގަނޑު އަޑު އެހިން، ހުއްދަ ލިބިވަޑައިގެންނެވި ތިއްބެވި ބައެއް ބޭފުޅުން ދެއްވާ އިރުޝާދަކީ ޖިންސީ ގުޅުމުގެ އިރުޝާދު ކަމަށް، އެހެންވީމަ އެ ބޭފުޅުންގެ އިރުޝާދުތައް ކޮން މިންވަރަކަށްތޯ ރައްޔިތުން ބަލައިގަންނާނީ، އެއީ އަޅުގަނޑުމެންނަށް އުނދަގޫ ވެފައިވާ ކަމެއް ކަމަށް އިއްޔެ މި މަޖިލީހުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އިސްލާމް ދީނުގެ އަސްލަކާ ޚިލާފު އެއްވެސް ވާހަކައެއް ރައްޔިތުންގެ މަޖިލީހުގައި ނުދެކެވޭނެ ކަމަށެވެ. އަދި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އިސްލާމް ދީނުގެ އަސްލަކާ ޚިލާފު އެއްވެސް ވާހަކައެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދައްކަވަމުން ނުގެންދަވާ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް، އިއްޔެގެ ޖަލްސާގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ މިއުޒިކަކީ ހަރާމް އެއްޗެއް ނޫން ކަމަށާއި އެ ކަން ހަރާމް ކުރުމަކީ މި ޒަމާނުގެ އިލްމުވެރިންނަށް އޮތް ކަމެއް ނޫން ކަމަށް ވިދާޅުވެ އިލްމުވެރިންގެ ރަޢްޔުތަކަށް ހަޖޫޖަހާފައެވެ.

ގިނަ އިލްމުވެރިންގެ އިއްތިފާގުން ހަރާމް ކަމަށް ކަނޑައަޅާފައިވާ މިއުޒިކް ހުއްދަކުރާ މޭރުމަކުން ބައެއް މެންބަރުން އިއްޔެ ވާހަކަ ދެއްކެވީ، މާލޭގައި ޒުވާނުންނަށް މަޖާކޮށްލައި، މިއުޒިކް ކުޅެލައި ރަހުމަތްތެރިންނާ ބައްދަލު ކޮށްލާ ހަރަކާތްތައް ހިންގާނެ މަރުކަޒެއް ގާއިމް ކުރުމަށް ގޮވާލައި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި ގަރާރުގެ ބަހުސްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން