ކޮވިޑާއި ގުޅޭ ކަންކަން ތަންފީޒުކުރުމުގައި މާލޭގެ މަގުމަތީގައި ފުލުހުން ހަރަކާތްތެރިވަނީ. (ފޮޓޯ: ޕޮލިސް މީޑިޔާ)
ކޮވިޑާއި ގުޅޭ ކަންކަން ތަންފީޒުކުރުމުގައި މާލޭގެ މަގުމަތީގައި ފުލުހުން ހަރަކާތްތެރިވަނީ. (ފޮޓޯ: ޕޮލިސް މީޑިޔާ)
މިދިޔަ އަށް ދުވަހުގެ ތެރޭގައި ގްރޭޓަރ މާލެ ސަރަހައްދުން މާސްކް ނާޅައިގެން 1551 މީހަކު ޖޫރިމާނާކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން މިއަދު ހިއްސާކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ ޖެނުއަރީމަހު 31 އިން ފެބްރުއަރީ މަހު ހަތްވަނަ ދުވަހާއި ހަމައަށް ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް 100 އާއި 200 މީހުންނާއި ދެމެދުގެ އަދަދަކަށް ގްރޭޓަރ މާލެ ސަރަހައްދުން މާސްކް ނާޅާ މީހުން ޖޫރިމަނާކޮށްފައިވެއެވެ.

މީގެ އިތުރުން، ކޯވިޑްގެ ހާލަތު ގޯސްވެ ބައްޔަށް ޕޮޒިޓިވް ވަމުންދާ މީހުން އިތުރުވާން ފެށުމުން ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:00 އަށް މާލެ ސަރަހައްދުގައި ކާފިއު ހިންގައިފައިވާއިރު ކާފިއުގެ އުސޫލާ ޚިލާފުވެގެން 988 މީހަކު ޖޫރިމާނާކޮށްފައިވެއެވެ. އަދި ވެހިކަލް ދުއްވުން މަނާ ވަގުތުގައި ވެހިކަލް ދުއްވައިގެން 271 މީހަކު ޖޫރިމަނާ ކުރެވިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.



ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭ އިން ކަނޑައަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް އާންމުން ސަމާލުކަން ނުދީ ފަރުވާ ކުޑަކުރުމުން ކޮވިޑް ފެތުރުން އިތުރުވެ ބަލީގެ ނުރައްކާ ބޮޑުވެގެން ދިޔައެވެ. އެއާއެކު ދޫދީފައިވާ ކަންކަން މިހާރު ވަނީ އަލުން ހަރުކަށިކޮށްފައެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެޗްޕީއޭއިން ކަނޑައަޅާފައިވާ ގަވާއިދުތައް ހަރުކަށިކުރުމާއެކު އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި އަދި ކާފިއުގެ ވަގުތުތަކުގައި ކާފިއުގެ އުސޫލާ ހިލާފަށް އުޅޭމީހުން ޖޫރިމާނާ ކުރާނެ ވާހަކަ ފުލުހުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. އަދި ‏ކޮވިޑާއި ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމަށް މަގުމަތީގައި އިތުރު ފުލުހުން ހަރަކާތްތެރި ވަމުންދާނެކަމަށްވެސް ފުލުހުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން