މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ރާއްޖޭގެ ސްކޫލުތަކަށް ހަދިޔާކުރާ 20،000 މުސްހަފު އެޑިޔުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މިއީ ސަރުކާރު ސްކޫލްތަކުގެ ދަރިވަރުން ސްކޫލްތަކުގައި ކީރިތި ގްރުއާން ކިޔެވުމަށް ލޯބި ޖެއްސުމަށާއި ޤުރުއާނަށް އަހައްމިޔަތުކަން ދިނުމުގެ މަގުސަދުގައި ހަދިޔާކުރެވުނު މުސްހަފްތަކެކެވެ.

މި މުސްހަފްތައް އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މުސްހަފްތަކާ ހަވާލުވެވަޑައިގެންނެވީ މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ.

ކީރިތި ގުރުއާނުގެ އިނގިރޭސި ތަރުޖަމާ އަދި މުސްހަފު އިސްލާމިކް މިނިސްޓްރީން އަބަދު ވެސް ދޫކުރެއެވެ.

އާ މަންހަޖުގެ ދަށުން 2019ވަނަ އަހަރު ކީސްޓޭޖް ހަތަރަކަށް ގައުމީ މަންހަޖު ތަންފީޒު ކުރެވިގެން ދިއުމާއި ގުޅިގެން މާއްދާއެއްގެ ގޮތުގައި ގްރޭޑް 9އެއްގައި ގުރުއާން ކިޔަވައިދޭން ފެށި އެވެ. އަދި ގްރޭޑް 10އަށް ވެސް ރަސްމީ މާއްދާއެއްގެ ގޮތުގައި ގްރުއާން ކިޔަވައިދޭން ފެށިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން