ގުރައިދޫ މަރުކަޒުން ޖާގަ ހޯދަން ޖެހިފައިވާ މީހަކަށް ދީނީ ޢިލްމުގެ ފޮނިމީރުކަމާއި އެ ޢިލްމުގެ ފުޅާކަން ނޭނގޭނެ ކަމަށް ވިދާޅުވެ އިސްލާމް ދީނުގެ އިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒް ރައީސް މުޙައްމަދު ނަޝީދަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ޑރ. އިޔާޒު ރައީސް ނަޝީދަށް ނިސްބަތް ކުރަށްވައި މިފަދަ ނުސީދާ ރައްދެއް ދެއްވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދުވެސް ރާއްޖޭގެ އިސްލާމް ދީނުގެ ޢިލްމްވެރިންނަށް ނިސްބަތްވާ ގޮތަށް ނުސީދާ ރައްދެއް ދެއްވުމާއި ގުޅިގެންނެވެ. ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ ބައެއް އިލްމުވެރިން ދެއްވަމުން ގެންދަވަނީ ޖިންސީ ގުޅުމުގެ އިރުޝާދު ކަމަށެވެ، އެހެންވީމާ އެފަދަ ބޭފުޅުންގެ އިރުޝާދު ރައްޔިތުން ބަލައިގަންނާނީ ކިހިނެއްތޯ ވިދާޅުވެ ރައީސް ނަޝީދު ވަނީ ސުވާލު އުފައްދަވާފައެވެ.

ރައީސް ނަޝީދުގެ މިވާހަކަތަކަށް ނުސީދާ ގޮތެއްގައި ޑރ. އިޔާޒާއި ޝައިޚް ޒައިދު ވަނީ ޓްވިޓާގައި ފުލުފުލުގައި ރައްދު ދެއްވައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ޑރ. އިޔާޒުގެ އެއް ޓްވީޓެއްގައި ނުސީދާ ގޮތެއްގައި ރައީސް ނަޝީދަކީ ގުރައިދޫ މަރުކަޒުން ޖާގަ ހޯދަން ޖެހިފައިވާ ބޭފުޅެއް ކަމުގައި ވިދާޅުވުމުން ރައީސް ނަޝީދަކީ ސިކުނޑީގެ އުނިކަމެއް ހުންނަ ބޭފުޅެއްގެ ގޮތުގައި ޑރ. އިޔާޒު ސިފަކުރައްވާފައިވާކަމުގައި ގަބޫލުކުރެވެއެވެ.

"ގުރައިދޫ މަރުކަޒުން ޖާގަ ހޯދަން ޖެހިފައިވާ މީހަކަށް ދީނީ އިލްމުގެ ފޮނި މީރުކަމާއި އެއިލްމުގެ ފުޅާކަން ނޭނގުމަކީ ހައިރާންވާންޖެހޭ ވަރުގެ ކަމެއް ނޫނެވެ." ޑރ އިޔާޒް، ރައީސް ނަޝީދު ގެ ވާހަކަފުޅަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ޑރ. އިޔާޒުގެ އެހެން ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިސްލާމްދީނުގައި ކޮންމެ ކަމެއް ވެސް ކުރަންވީ އެންމެ ރަނގަޅު ގޮތް ދަސްކޮށްދެއްވާފައިވާ ކަމަށެވެ.

"ޢިލްމްވެރިން ކުރަށްވާ ކަމަކީ އެގޮތްތައް ރައްޔިތުންނަށް ކިޔައިދިނުން. މުހައްމަދު ނަޝީދު ޗެމްބަރގައި އިނދެގެން ގޮވައިފާނެ ގޮވެއްޔަކަށް ނުބަލާނެ." ރައީސް ނަޝީދު މިއަދު މަޖިލީހުގެ ތަޅުމުގައި ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުން ޑރ. އިޔާޒު ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޝައިޚް ޢަލީ ޒައިދު ވިދާޅުވީ މިއަދު ދުނިޔޭގެ މިނިވަން ފިކުރުގެ ކާފިރުން ދަނީ އިމެންނެތި ޖިންސީ ގުޅުން ހިންގަމުން ކަމަށެވެ.

"ދެފިރިހެނުން އިންނަނީ! ދެ އަންހެނުން އިންނަނީ! އޭތި މީތި ބޭނުން ކުރަނީ! ވީއިރު މިކަން ކަމުގައި އޮތް ރިވެތި އުސޫލްތައް ކިޔައިދިނުމީ ޝައިޚުންގެ މައްޗަށް ވާޖިބެއް. މަޖިލިސް ރުޅިއަޔަސް އެކަން ޝައިޚުން ކުރާނެ." ޝައިޚް ޒައިދު ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދާއި އިސްލާމް ދީނުގެ ބައެއް ޢިލްމްވެރިންނާއި ދެމެދު މިފަދަ ދެބަސްވުމެއް ހިނގައި މީސް މީޑިއާގައި ބަހުގެ ހަމަލާތައް ބަދަލު ކުރެވެން ފެށީ އިއްޔެ އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ޒުވާނުންނަށް މިއުޒިކްކުޅެލައި ބިރަކާ ނުލައި މަޖާކޮށްލައި ހެދޭނެ ޚާއްޞަ މަރުކަޒެއް މާލޭގައި ގާއިމުކޮށް ދިނުމަށް ހުށައެޅި ގަރާރާއި ބެހޭގޮތުން އެމްޑީޕީގެ މެންބަރުން ދެއްކެވި ވާހަކައިގައި އިސްލާމްދީނުގައި މިއުޒިކާމެދު އޮންނަ ހުކުމާ ބެހޭގޮތުން ވާހަކަ ދެއްކެވުމުންނެވެ.

އެމްޑީޕީގެ ގިނަ މެންބަރުންގެ ވާހަކައިގައި މިއުޒިކާއި ނުލައި ޒުވާނުންނަށް ދިރިނޫޅެވޭނެ ކަމާއި ޒުވާނުންނަށް މިއުޒިކްކުޅެލައި، ބިރަކާއި ނުލައި މަޖާ ކުރެވޭނެ މަގުތައް ތަނަވަސްކޮށްދީ އެކަމަށް މަގުފަހިކޮށްދޭން ސަރުކާރުން ޖެހޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މިއުޒިކަކީ އިސްލާމް ދީނުގައި ހަރާމް އެއްޗެކޭ ނުބުނެވޭނެ ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ކިނބޫ

11-Feb-2021

ކަލޭވެސް ހަމަ އެފަދަ. ދެގޮލާ އެއް ތަނަކަށް ލާފަ ބައިތިއްބަންވީ!



ޓްރެންޑިން