ގއ. މާމެންދޫ
ގއ. މާމެންދޫ
ގއ. މާމެންދޫ ގައި ތޫނު އެއްޗަކުން ޙަމަލާދީ ރޭ މަރާލި އަހުމަދު އުދައްޔުގެ ހަށިގަނޑު ޕޯސްޓް މޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ނިންމާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، އުދައްޔުގެ ހަށިގަނޑު ޕޯސްޓްމޯޓެމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށްޓަކައި މާލެ ގެނައުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީ އެއްގައި 17 އަހަރުގެ އުދައްޔު ވަރަށް ލާއިންސާނީ ކޮށް މަރާލާފައި ވާއިރު، އެ މާރާމާރީގައި ސީރިއަސް ޒަޚަމްތަކެއް ލިބުނު އޭނާގެ ބޭބެ ފިރުޝާން ޒާހިރަށް ގދ. ތިނަދޫ ހޮސްޕިޓަލްގައި ގެންދަނީ ފަރުވާދެމުންނެވެ.

އެ ދެބެއިންނަށް ޙަމަލާ ދީފައިވަނީ ސައިކަލްތަކެއްގައި އައި ބައެއްކަމަށް މަޢުލޫމާތު ލިބެއެވެ. އެގޮތުން ވަޅީންނާއި ދަގަނޑުބުރިން ޙަމަލާދީ އުދައްޔު މަރާލި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ރޭ ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ. އެއީ 27 އަހަރުގެ މީހަކާއި 23 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެކެވެ.

މި މައްސަލައިގެ ތަޙުޤީޤު ކުރުމަށް ފުލުހުންގެ ސީރިއަސް އޮގަނަައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން