އެއްވެސް ރައްޔިތެއްގެ ފުރާނަ ނަގާލުން މި ސަރުކާރުން ތަޙައްމަލެއް ނުކުރާނެ ކަމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ، ގއ. މާމެންދޫގައި ރަޙުމުކުޑަ ގޮތަކަށް ޒުވާނަކު މަރާލުމާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ގއ. މާމެންދޫގައި ރޭ ހިންގި ގްރޫޕް މާރާމާރީ އެއްގައި 17 އަހަރުގެ އުދައްޔު ވަރަށް ލާއިންސާނީކޮށް މަރާލާފައި ވާއިރު، އެ މާރާމާރީގައި ސީރިއަސް ޒަޚަމްތަކެއް ލިބުނު އޭނާގެ ބޭބެ ފިރުޝާން ޒާހިރަށް ގދ. ތިނަދޫ ހޮސްޕިޓަލްގައި ގެންދަނީ ފަރުވާދެމުންނެވެ.
އެކަމާގުޅިގެން މިނިސްޓަރ އިމްރާން ވިދާޅުވީ، ޙައްޤަކާނުލައި ފުރާނައެއް ނަގާލުމަކީ ބޮޑުވެގެންވާ ފާފައެއް އަދި ކުށެއް ކަމަށެވެ. އަދި އަޙްމަދު އުދައްޔުގެ މަރަށް އިންސާފު ހޯދުމަށް ދިވެހި ފުލުހުން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
"ދިވެހި ރާއްޖޭގެ ފަސްގަނޑުގައި މިފަދަ ޖަރީމާތައް ހިންގުމަކީ ސަރުކާރުން ތަޙައްމަލު ކުރާނެ ކަމެއްނޫން." އިމްރާން ވިދާޅުވެފައިވެއެވެ.
ގއ. މާމެންދޫ ގައި ތޫނު އެއްޗަކުން ޙަމަލާދީ ރޭ މަރާލި އަހުމަދު އުދައްޔުގެ ހަށިގަނޑު ޕޯސްޓް މޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.
ރޭ 22:10 ހާއިރު ވަޅީންނާއި ދަގަނޑުބުރިން ޙަމަލާދީ އުދައްޔު މަރާލި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ރޭ ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ. އެއީ 27 އަހަރުގެ މީހަކާއި 23 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެކެވެ.
މި މައްސަލަފުލުހުންގެ ސީރިއަސް އޮގަނަައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.

Haqqakaanulaa furaaneh nagaalumakee boduvegenvaa faafaeh, kusheh! Dhivehi raajjeyge fasgandugai mifadha jareemathah hingumakee sarukaarun thahmmal kuraane kamehnoon. Ahmed Udhayyu ge marah insaafu hodhumah dhivehi fuluhun alhanjehey komme fiyavalheh alhaane iA.
— Imran Abdulla (@ShimranAb) February 9, 2021
ގއ. މާމެންދޫ ގައި ތޫނު އެއްޗަކުން ޙަމަލާދީ ރޭ މަރާލި އަހުމަދު އުދައްޔުގެ ހަށިގަނޑު ޕޯސްޓް މޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.
ރޭ 22:10 ހާއިރު ވަޅީންނާއި ދަގަނޑުބުރިން ޙަމަލާދީ އުދައްޔު މަރާލި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ރޭ ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ. އެއީ 27 އަހަރުގެ މީހަކާއި 23 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެކެވެ.
މި މައްސަލަފުލުހުންގެ ސީރިއަސް އޮގަނަައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު