ގއ. މާމެންދޫ
ގއ. މާމެންދޫ
ގއ. މާމެންދޫގައި ރޭ ހިންގި ގްރޫޕް މާރާމާރީގައި ޢުމުރުން 17 އަހަރުގެ އަޙްމަދު އުދައްޔު ވަރަށް ލާއިންސާނީކޮށް މަރާލި މައްސަލާގައި ހައްޔަރުކުރި މީހުންގެ ޢަދަދު ފަހަކަށް އަރައިފިއެވެ.

ފުލުހުން ބުނީ، ރޭ 22:10 ހާއިރު ވަޅީންނާއި ދަގަނޑުބުރިން ޙަމަލާދީ އުދައްޔު މަރާލި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރު ކުރީ، 18 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެއް ކަމަށެވެ. އުދައްޔުގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ރޭ ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ. އެއީ 27 އަހަރުގެ މީހަކާއި 23 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެކެވެ. އެ މާރާމާރީގައި ސީރިއަސް ޒަޚަމްތަކެއް ލިބުނު އުދައްޔުގެ ބޭބެ ފިރުޝާން ޒާހިރަށް ގދ. ތިނަދޫ ހޮސްޕިޓަލްގައި ގެންދަނީ ފަރުވާދެމުންނެވެ.

ގއ. މާމެންދޫ ގައި ތޫނު އެއްޗަކުން ޙަމަލާދީ ރޭ މަރާލި އަހުމަދު އުދައްޔުގެ ހަށިގަނޑު ޕޯސްޓް މޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. އުދައްޔުގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ޙަމަލާދީފައިވާއިރު ބައެއް ޒަޚަމްތަކުގެ ފުންމިނުގައި ފަސް އިންޗި ހުރި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އޭނާއަށް ޙަމަލާ ދީފައިވަނީ ބުރަކަށިން ހިތާ ދިމާލަށެވެ.

މި މައްސަލަ ފުލުހުންގެ ސީރިއަސް އޮގަނަައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން