މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް.
މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް.
މި ސަރުކާރުގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހްގެ އިތުބާރުނެތް ކަމަށް ކަނޑައެޅުމަށް މިއަދު ރައްޔިތުންގެ މަޖިލީހަށް މައްސަލަ ވެއްދުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުން ތައްޔާރުވަމުން ދާކަން “ރަސް އޮންލައިން” އަށް ކަށަވަރު ވެއްޖެއެވެ.

އެމްޑީޕީގެ އިސް ބޭފުޅަކު މިނޫހަށް މިއަދު ކަށަވަރުކޮށްދެއްވި ގޮތުގައި މަލީހުގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް މިއަދު ވައްދަނީ އެމްޑީޕީގެ ގިނަ އަދަދެއްގެ މަޖިލިސް މެންބަރުންގެ ތާއީދާއެކު ގިނަ މެންބަރުންގެ ސޮއި ކުރަށްވައިގެންނެވެ.

އިއްޔެގެ މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ވަނީ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުތިއަށް ނުދާތީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.

މީކާއިލް ވިދާޅުވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިނިސްޓަރު މަލީހްގެ އިތުބާރު ނެތް ކަމަށް ކަނޑައެޅި ފަހުން ދެ މަހަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރުވެސް އެމްޑީޕީގެ އިތުބާރު ނެތް އެ މިނިސްޓަރު އަދިވެސް މަގާމުގައި ހުންނެވުމަކީ އެމްޑީޕީއިން ވަރަށް ބޮޑަށް ލަދު ގަންނަން ޖެހޭ ވަރުގެ ކަމެއް ކަމަށެވެ.

މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު އޮތް އެމްޑީޕީން މަލީހް މަގާމުން ވަކި ކުރަން ފެންނަ ކަމަށް ނިންމައި، އެމްޑީޕީގެ ޕީޖީއަށް މައްސަލަ ހުށަހެޅުއްވީ އެ ޕާޓީގެ 10 މެމްބަރަކު ސޮއި ކުރަށްވައެވެ. މައްސަލަ ހުށައެޅުމުން، މިދިޔަ އަހަރުގެ ފަހުކޮޅު އެމްޑީޕީގެ ޕީޖީއިން ފާސްކުރީ މިނިސްޓަރު މަލީހްގެ އިތުބާރު ނެތް ކަމަށް ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ދެންނެވުމަށެވެ.

އިންޓަނެޓް އަގު ތިރި ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެކަން ކުރެވެން އަންނަނީ މަލީހް ހުންނެވި މިނިސްޓްރީގެ ތެރެއިންނެވެ. ނަމަވެސް ސަރުކާރަށް ދެ އަހަރު ފުރި ތިން ވަނަ އަހަރަށް އެޅި އިރުގައިވެސް އެކަން ނުވެ އޮތުމުން ސަރުކާރަށް ގިނަ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން