މިއުޒިކަކީ ގިނަ ދިވެހީންގެ އާންމު ދިރިއުޅުމާއި ގުޅިފައިވާ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިފަހަކުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މިއުޒިކާ ބެހޭގޮތުން އިސްލާމް ދީނުގައި އޮތް ހުކުމާ ގުޅޭ ގޮތުން މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން ވާހަކަ ދެއްކެވުމާ ގުޅިގެން އިސްލާމް ދީނުގެ ބައެއް އިލްމުވެރިން ދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
އަދި މިކަމާ ގުޅިގެން ދީނީ އިލްމުވެރިންނާއި، ސިޔާސީ ފަރާތްތަކުގެ މެދުގައި އެކިގޮތްތަށް ވާހަކަ ދެކެވި ރައްދުދެވެމުން ދާއިރު، ރައީސް ނަޝީދު މިވަނީ މިއުޒިކަކީ ގިނަ ދިވެހީންގެ އާންމު ދިރިއުޅުމާއި ގުޅިފައިވާ ކަމެއްކަމަށް ވިދާޅުވެފައެވެ. މިގޮތުން މިއުޒިކް ހަރާމްކުރުމަކީ ބައެއްގެ އާންމު ދިރިއުޅުން ހަރާމް ކަމެއްގެގޮތުގައި ގޮވުން ކަމަށް ރައީސް ނަޝީދު މިއަދު ކުރައްވާފައިވާ ޓްވީޓްގައި ފާހަގަ ކުރައްވާފައިވެއެވެ.
"މިއުޒިކް އަކީ ގިނަ ދިވެހިންގެ އާންމު ދިރިއުޅުމާއި ގުޅިފައިވާ ކަމެއް. ބައެއްގެ އާންމު ދިރިއުޅުން ހަރާމް ކަމަށް ގޮވުމަކީ އެބައެއްގެ މުޖްތަމައު ރޫޅާލުމަށް ހިންގޭ މަސައްކަތެއް. ދިވެހިން ނިކަމެތި ކުރުމަށް ހިންގާ އަމަލެއް." ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދުގެ ޓްވީޓަށް ރައްދުދެއްވައި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެފައިވަނީ އާންމު ދިރިއުޅުމާއި ގުޅިފައިވީނަމަވެސް ﷲ އާއި ކީރިތި ރަސޫލާ ﷺ ރުހިވޮޑިގެން ނުވާކަމެއް ނުކުރެވޭނެ ކަމަށެވެ. އަދި ދިރިއުޅުން އުފާވެރިވެފައި ބާއްޖަވެރިވާނީ ޤުރުއާނާއި ސުންނަތަށް އަމަލުކޮށްގެން ކަމަށާއި، ބަޔަކު މީހުންގެ ހަވާ ނަފްސަށް ހެއްލެން ވެއްޖެނަމަ އަބާއްޖަވެރި ވާނޭކަމަށް ޑރ. މުހައްމަދު އިޔާޒް ފާހަގަ ކުރައްވާފައިވެއެވެ.
ގިނަ އިލްމުވެރިންގެ އިއްތިފާގުން ހަރާމް ކަމަށް ކަނޑައަޅާފައިވާ މިއުޒިކް ހުއްދަކުރާ މޭރުމަކުން ބައެއް މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދެއްކެވީ، މާލޭގައި ޒުވާނުންނަށް މަޖާކޮށްލައި، މިއުޒިކް ކުޅެލައި ރަހުމަތްތެރިންނާ ބައްދަލު ކޮށްލާ ހަރަކާތްތައް ހިންގާނެ މަރުކަޒެއް ގާއިމް ކުރުމަށް ގޮވާލައި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި ގަރާރުގެ ބަހުސްގައެވެ. މިކަމާ ބެހޭގޮތުން ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވަނީ މިއުޒިކަކީ ހަރާމް އެއްޗެއް ނޫން ކަމަށާއި އެކަން ހަރާމް ކުރުމަކީ މި ޒަމާނުގެ އިލްމުވެރިންނަށް އޮތް ކަމެއް ނޫން ކަމަށް ވިދާޅުވެ އިލްމުވެރިންގެ ރަޢްޔުތަކަށް ހަޖޫޖަހާފައެވެ.

Music akee gina Dhivehinge aanmu dhiriulhuma gulhifaiva kameh. Baehge aanmu dhiriulhun haraam kamah govumakee e baehge mujthamau roolhaalumah hingey masakkatheh. Dhivehin nikamethi kurumah hingaa amaleh
— Mohamed Nasheed (@MohamedNasheed) February 10, 2021
ރައީސް ނަޝީދުގެ ޓްވީޓަށް ރައްދުދެއްވައި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެފައިވަނީ އާންމު ދިރިއުޅުމާއި ގުޅިފައިވީނަމަވެސް ﷲ އާއި ކީރިތި ރަސޫލާ ﷺ ރުހިވޮޑިގެން ނުވާކަމެއް ނުކުރެވޭނެ ކަމަށެވެ. އަދި ދިރިއުޅުން އުފާވެރިވެފައި ބާއްޖަވެރިވާނީ ޤުރުއާނާއި ސުންނަތަށް އަމަލުކޮށްގެން ކަމަށާއި، ބަޔަކު މީހުންގެ ހަވާ ނަފްސަށް ހެއްލެން ވެއްޖެނަމަ އަބާއްޖަވެރި ވާނޭކަމަށް ޑރ. މުހައްމަދު އިޔާޒް ފާހަގަ ކުރައްވާފައިވެއެވެ.
Aanmu dhiri ulhumaai gulhifai vee namaves Allah aai Rasoola ﷺ ruhi vodigen nuvaa kameh nukureveyne. Dhiri ulhun ufaaveri vefai baajjeveri vaany Quran aai Sunnathah amalu kohgen. Bayaku meehun ge havaa nafsah hellen vejje nama vaany abaajjeveri. Ebayakah ufaleh nulibeyne.
— Dr.Mohamed Iyaz (@dr_iyaz) February 10, 2021
ގިނަ އިލްމުވެރިންގެ އިއްތިފާގުން ހަރާމް ކަމަށް ކަނޑައަޅާފައިވާ މިއުޒިކް ހުއްދަކުރާ މޭރުމަކުން ބައެއް މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދެއްކެވީ، މާލޭގައި ޒުވާނުންނަށް މަޖާކޮށްލައި، މިއުޒިކް ކުޅެލައި ރަހުމަތްތެރިންނާ ބައްދަލު ކޮށްލާ ހަރަކާތްތައް ހިންގާނެ މަރުކަޒެއް ގާއިމް ކުރުމަށް ގޮވާލައި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި ގަރާރުގެ ބަހުސްގައެވެ. މިކަމާ ބެހޭގޮތުން ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވަނީ މިއުޒިކަކީ ހަރާމް އެއްޗެއް ނޫން ކަމަށާއި އެކަން ހަރާމް ކުރުމަކީ މި ޒަމާނުގެ އިލްމުވެރިންނަށް އޮތް ކަމެއް ނޫން ކަމަށް ވިދާޅުވެ އިލްމުވެރިންގެ ރަޢްޔުތަކަށް ހަޖޫޖަހާފައެވެ.
ކިޔުންތެރިންގެ ހިޔާލު