ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހަމަޖެހިފައިވާ ވެކްސިން ދިނުމުގެ އިންތިޒާމުގެ ތެރެއިން. (ފޮޓޯ: ރައްޔިތުންގެ މަޖިލިސް)
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހަމަޖެހިފައިވާ ވެކްސިން ދިނުމުގެ އިންތިޒާމުގެ ތެރެއިން. (ފޮޓޯ: ރައްޔިތުންގެ މަޖިލިސް)
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ވެކްސިން ދޭން ފަށަައިފިއެވެ.

މަޖިލީހުގެ އިދާރާގައި ވެކްސިން ޖެހުމުގެ ‏އިންތިޒާމް ހަމަޖެހިފައިވަނީ އެ އިދާރާއާއި އެޗްޕީއޭ އަދި އޭޑީކޭ ހޮސްޕިޓަލް ގުޅިގެންނެވެ. މިއާއެކު މަޖިލީހުގެ އިދާރާގައިވެސް އާންމު ރައްޔިތުންނަށް ކޮވިޑް ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖެހިގެން ދިޔައީއެވެ.

މިކަމާ ބެހޭގޮތުން އޭޑީކޭ ހޮސްޕިޓަލުން ބުނެފައިވަނީ މިކަމަކީ، ރައްޔިތުންގެ މަޖިލީހުގެ އިސްނެންގެވުމާއި، އެހީތެރިކަމާއެކު ކުރިއަށް ގެންދެވޭކަމެއް ކަމުގައެވެ. އަދި މިއަދުން ފެށިގެން ހުކުރު ދުވަސްފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 6:00 އަށް ރައްޔިތުންގެ މަޖިލިސް ކުރާގޭގައި ވެކްސިން ޖެހުން ކުރިއަށްދާނެކަމަށްވެއެވެ.

މަޖިލިސް ކުރާގެއިން ވެކްސިން ޖައްސަވަން ދާ ފަރާތްތަކުން ވެކްސިން ޖަހަން ދާނީ އޭޑީކޭ ހޮސްޕިޓަލުން އެޕޮއިންޓްމަންޓް ދޭ ވަކި ގަޑިއެއްގައިކަމަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ. އަދި އެޕޮއިންޓްމެންޓް ގަޑި ހަމަޖެއްސުމުގެގޮތުން ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓަށް އެދިވަޑައިގެންފައިވާ ފަރާތްތަކަށް އޭޑީކޭ ހޮސްޕިޓަލުން ގުޅައި މައުލޫމާތު ހިއްސާކުރާނެކަމަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.



މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިއަދުން ފެށިގެން މަޖިލީހުގެ އިދާރާގައި އާއްމުންނަށް ވެކްސިން ދެމުން ގެންދަނީ ސަރުކާރުން ފަށާފައިވާ ވެކްސިން ދިނުމުގެ ކެމްޕޭނަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ. އަދި މިމަސައްކަތް ކުރިއަށް ގެންދެވޭނީ މަޖިލީހުގެ އިދާރާގެ ތެރޭގައި ފިނިކޮށްފައިވާ ސަރަހައްދުތަކުގައި ކަމަށްވެސް ރައީސް ނަޝީދު ވަނީ ފާހަގަކުރަށްވައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން