މި ސަރުކާރުގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހްގެ އިތުބާރުނެތް ކަމަށް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

މިއަދު ކުރިއަށްދާ ޖަލްސާގައި މިނިސްޓަރ މަލީހުގެ އިތުބާރުނެތްކަމަށް ހުށައަޅާފައިވަނީ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު އޮތް އެމްޑީޕީގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ. އާޒިމް ވަނީ މިކަން ޔަގީންކޮށްދެއްވާ ޓްވީޓްވެސް ކުރައްވާފައެވެ.



މަލީހް މަގާމުން ވަކި ކުރަން ފެންނަ ކަމަށް ނިންމައި، އެމްޑީޕީގެ 10 މެމްބަރަކު ސޮއި ކުރައްވައި އެމްޑީޕީގެ ޕީޖީއަށް މީގެ ދެމަސްކުރިން މައްސަލަ ހުށައަޅުއްވާފައިވެއެވެ. މައްސަލަ ހުށައެޅުމުން، މިދިޔަ އަހަރުގެ ފަހުކޮޅު އެމްޑީޕީގެ ޕީޖީއިން ފާސްކުރީ މިނިސްޓަރު މަލީހްގެ އިތުބާރު ނެތް ކަމަށް ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ދެންނެވުމަށެވެ.

ނަމަވެސް މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުދާތީ އެމްޑީޕީގެ ގިނަ މެމްބަރުންވަނީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


6

މުޙައްމަދު އަމީން

13-Feb-2021

ކޮބާ ފަޔާ



ޓްރެންޑިން