ރާއްޖޭގެ ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލް ގައްޔޫމް އަދި އަނބިކަނބަލުން ނަސްރީނާ އިބްރާހިމް.
ރާއްޖޭގެ ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލް ގައްޔޫމް އަދި އަނބިކަނބަލުން ނަސްރީނާ އިބްރާހިމް.
ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްދާ ވެކްސިން ޖެހުމުގެ ކެމްޕޭނުގެ ދަށުން، ރާއްޖޭގެ ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެކްސިން ޖައްސަވައިފިއެވެ.

ރައީސް މައުމޫން އަދި އަނބިކަނބަލުން ނަސްރީނާ، ވެކްސިން ޖައްސަވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ދެބޭފުޅުން އެކުގައި ސެނަހިޔާ ހޮސްޕިޓަލުގައި ވެކްސިން ޖެއްސެވުމަށްފަހު، ރައީސް މައުމޫން ވަނީ ރައްކާތެރިކަން އިޚުތިޔާރު ކުރުމަށް ވެކްސިން ޖެހުމަށް އިލްތިމާސްކުރައްވާފައެވެ.



ކޯވިޑް-19ގެ އާ ވޭރިއަންޓް ރާއްޖެއިންފެނި، އޭގެ ސަބަބުން ރާއްޖޭގައި ވައިރަސް ފެތުރޭ ނިސްބަތް އިތުރުވެފައިވާ ކަމަށް ޑރ. ޝީނާ މޫސާ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެއާއެކު ވެކްސިން ޖެހުމުގެ ކެމްޕޭނަށް ލިބެމުންދާ ތަރުހީބު އިތުރުވެފައިވާއިރު، އިދިކޮޅުފަރާތްތައް ހިމެނޭގޮތަށް ރާއްޖޭގެ ގިނަ ސިޔާސީ ފަރާތްތަކަކުން މިހާރު ވަނީ ވެކްސިން ޖަހާފައެވެ.



އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން މިހާތަނަށް ޖުމްލަ 16،251 މީހަކު ވެކްސިން ޖަހައިފައިވެއެވެ. އަދި މީގެ ތެރެއިން 13،418 މީހަކު ގްރޭޓަރ މާލެ ސަރަހައްދުގައި ވެކްސިން ޖަހާފައިވާއިރު، އަތޮޅު ތެރެއިން 2،833 މީހަކު ވަނީ ވެކްސިން ޖަހާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން