ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދުގެ ޝަރީއަތް ނިމެންދެން ބަންދުގައި ނުބެއްހެއްޓުމުން، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަހުމަދު ހައިލަމް ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.
ހައިލަމް ކަންބޮޑުވުން ފާޅުކުރަށްވާފައިވަނީ ޓޫރުޒަމް މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާކޮށް ޖިންސީ ފުރައްސާރަ ކުރުން ފަދަ ބޮޑެތި ތުހުމަތުތަކެއްގައި ދަޢުވާ އުފުލާފައިވާ ކުރީގެ ވަޒީރު އަލީ ވަހީދުގެ ޕާސްޕޯޓް ކޯޓުން ދޫކޮށްލުމާއެކު ރޭގެ ވަގުތެއްގައި ރާއްޖެ ދޫކޮށް ފުރައިފައިވާ މައްސަލައިގައެވެ.
އަލީ ވަޙީދު ރާއްޖެ ދޫކޮށް ފުރުމާއެކު ހައިލަމްވަނީ 10 މުވައްޒަފުންނަށް ޖިންސީ ފުރައްސާރަކުރި މީހަކު ޝަރީޢަތް ނިމެންދެން ބަންދު ނުކުރީ ކީއްވެގެންތޯ ސުވާލު ކުރަށްވާފައެވެ. އަދި މިއީ މީގެ ކުރިންވެސް މިމައްސަލައިގެ ޝަރީއަތުގެ ތެރެއިން މިފަދަކަމެއް ދިމާވުން އެކަށީގެން ވެދާނެކަމެއް ކަމަށް ވިދާޅުވެ އެކަމާ ކަންބޮޑުވެ ވަޑައިގެން ހައިލަމް އުފައްދަވާފައިވާ ސުވާލެކެވެ.
މިމަމައްސައިލައިގައި ޢަލީ ވަޙީދު ފިއްލެވުން ފަދަ ކަމެއް ދިމާވެގެން އޭނާ ޝަރީޢަތަށް ޙާޟިރު ނުކުރެވިއްޖެނަމަ ޕީޖީއާއި ޕޮލިސް ކޮމިޝަނަރ އިސްތިއުފާ ދެއްވަންޖެހޭނެ ކަމެއް ކަމަށް ހައިލަމް ވިދާޅުވެފައިވެއެވެ.
މިމަސައްލައާއި ބެހޭގޮތުން މީގެ ކުރިން ހައިލަމް ވަނީ 10 މުވައްޒަފަކަށް ޖިންސީ ގޯނާކޮށްގެން، ރޭޕްކުރަން އުޅުން ހިމެނޭގޮތަށް 7 ދަޢުވާއެއް އަލީ ވަހީދުގެ މައްޗަށް އުފުލިއިރު، ޢަލީ ވަހީދު ޝަރީޢަތް ނިމެންދެން ބަންދަށް ލުމަށް ކޯޓުގައި ނޭދުނީ ކީއްވެގެންތޯ ވިދާޅުވެ ޕީޖީ އާއި ސުވާލުކުރައްވާފައެވެ. އަދި އާންމު މީހެއްނަމަ އަޑަށް ބާރުލާފައި ތުހުމަތުކުރެވޭ ފަރާތް ބަންދުކުރުމަށް ޕީޖީން ތަކުރާރުކޮށް ކޯޓުގައި އެދޭނެ ކަމަށްވެސް ހައިލަމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
މީގެ އިތުރުން ޤާނޫނާ ޚިލާފަށް އެތައް ބަޔަކު ވަޒީފާއިން ވަކިކުރުމުން އެތަކެއް މުވައްޒަފުންނެއް މާޔޫސްވެފައިވާއިރު، މިނިސްޓަރަކު އެތައް މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރުމަށްފަހު ފިއްލެވުން މިއީ އިޞްލާޙުކުރެވުނު ޖުޑީޝަރީގެ ތެރެއިން ހިނގަމުންދާ ކަމެއްތޯ ވިދާޅުވެ ހައިލަމް ވަނީ ސުވާލުކުރައްވާފައެވެ.
ޢަލީ ވަޙީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ކުށުގެ ހަތް ދައުވާގެ ޝަރީޢަތުގެ އަޑުއެހުމެއް ކުރިމިނަލް ކޯޓުގައި އިއްޔެ ވަނީ ބާއްވާފައެވެ. އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި ދައުވާކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އިއްޔެގެ އަޑުއެހުމުގައި އަލީ ވަޙީދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު އަމުރު މުރާޖަޢާކޮށް، ޕާސްޕޯޓް ހިފަހައްޓަން ކޯޓުން ނެރުނު އަމުރު ބާތިލްކޮށް ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމަށްޓަކައި އަލީ ވަހީދުގެ ޕާސްޕޯޓް ކޯޓުން ވަނީ ދޫކޮށްލާފައެވެ.
ޕާސްޕޯޓް ދޫކޮށްލުމާއެކު ޖިންސީ ކުށުގެ ދަޢުވާ އުފުލާފައިވާ ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު ރާއްޖެ ދޫކޮށް ފުރައިގެން ދިޔަކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް ސަރުކާރުން ބުނެފައި ވަނީ އަލީ ވަހީދު ފުރައިގެން ދިޔަކަން ނޭނގޭ ކަމަށެވެ.
އެހާ ބޮޑެތި އަދި ހައްސާސް ތުހުމަތު ތަކެއް ކުރެވޭ މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ޕީޖީން ކޯޓުގައި އެދިފައި ނުވާތީ ގިނަ ބައެއްގެ ފާޑުކިއުން ޕީޖީއަށް އަމާޒުވެފައިވާއިރު އަލީ ވަހީދު ޕާސްޕޯޓް ދޫކޮށްލުމާއެކު ވަގުތުން ފުރައިގެން ދިއުމަކީ ސަރުކާރާއެކު ހަދާފައިވާ "ޑީލް" އެއްގެ ތެރެއިން ހިނގާ ދިޔަ ކަމެއް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

ޤާނޫނާ ޚިލާފަށް އެތައް ބަޔަކު ވަޒީފާއިން ވަކިކުރުމުން ވެސް އެ މުވައްޒަފުންނަށް ލިބުނީ މާޔޫސްކަން. މިނިސްޓަރަކު އެތައް މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރުމަށްފަހު ފިއްލަވައިފި.
— Ahmed Hailam (@AhmedHailam) February 10, 2021
ކޮން ގޮތަކަށް ޖުޑީޝަރީ އިޞްލާޙުކުރެވުނު ވާހަކަތޯ މިބޭފުޅުން މި ދައްކަވަނީ؟ https://t.co/WYJhfZ9aVj
ޢަލީ ވަޙީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ކުށުގެ ހަތް ދައުވާގެ ޝަރީޢަތުގެ އަޑުއެހުމެއް ކުރިމިނަލް ކޯޓުގައި އިއްޔެ ވަނީ ބާއްވާފައެވެ. އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި ދައުވާކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އިއްޔެގެ އަޑުއެހުމުގައި އަލީ ވަޙީދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު އަމުރު މުރާޖަޢާކޮށް، ޕާސްޕޯޓް ހިފަހައްޓަން ކޯޓުން ނެރުނު އަމުރު ބާތިލްކޮށް ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމަށްޓަކައި އަލީ ވަހީދުގެ ޕާސްޕޯޓް ކޯޓުން ވަނީ ދޫކޮށްލާފައެވެ.
ޕާސްޕޯޓް ދޫކޮށްލުމާއެކު ޖިންސީ ކުށުގެ ދަޢުވާ އުފުލާފައިވާ ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު ރާއްޖެ ދޫކޮށް ފުރައިގެން ދިޔަކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް ސަރުކާރުން ބުނެފައި ވަނީ އަލީ ވަހީދު ފުރައިގެން ދިޔަކަން ނޭނގޭ ކަމަށެވެ.
އެހާ ބޮޑެތި އަދި ހައްސާސް ތުހުމަތު ތަކެއް ކުރެވޭ މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ޕީޖީން ކޯޓުގައި އެދިފައި ނުވާތީ ގިނަ ބައެއްގެ ފާޑުކިއުން ޕީޖީއަށް އަމާޒުވެފައިވާއިރު އަލީ ވަހީދު ޕާސްޕޯޓް ދޫކޮށްލުމާއެކު ވަގުތުން ފުރައިގެން ދިއުމަކީ ސަރުކާރާއެކު ހަދާފައިވާ "ޑީލް" އެއްގެ ތެރެއިން ހިނގާ ދިޔަ ކަމެއް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު