މިސަރުކާރުން "ފްލެޓް ފޭރިގަތް" ހުރިހާ ރައްޔިތުންނަށް ޕީޕީއެމްގެ ވެރިކަމެއްގައި ފްލެޓް ލިބޭނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ޝުޖާޢު މިހެން ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ހިންގި ހިޔާ މަޝްރޫޢުގެ ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް ނެރުނު އިރު ކުރީން ފްލެޓް ލިބުނު ކަމަށް ލިއުންދީފައިވާ އެތައް ބައެއްގެ ޕޮއިންޓް މަދުވެގެން ނޫނީ ޝަރުތު ހަމަ ނުވާތީ ފްލެޓް ނުލިބޭނެ ކަމަށް އެންގުމާއި ގުޅިގެންނެވެ. ފްލެޓްގެ މައްސަލައިގައި މީހުން ކުރަމުންދާ ޝަކުވާ ތަކަށް ޖަވާބުދާރީ ވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ފްލެޓް ކޮމިޓީން ބުނެފައިވަނީ ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓް ނެރުނީ ބަލަންވާ ވަރަށް ބަލައި ރަނގަޅަށް ޗެކްކުރުމަށް ފަހުގައި ކަމަށެވެ.

"ރައީސް ޔާމީން ގެ ވެރިކަމުގައި ފްލެޓް ލިބޭނެ ކަމުގެ ލިޔުން ލިބި، މިސަރުކާރުން ފްލެޓް ފޭރިގަތް ހުރިހާ ރައްޔިތުންނަށް ޕްރޮގްރެސިވް ޕާޓީގެ ވެރިކަމެއްގައި"ހާސްކަމެއް ނެތި" އެންމެ ފުރަތަަމަ ފްލެޓް ލިބޭނެ ކަމަށް ވާނީ އިއުލާން ކޮށްފަ. އެއީ ރައީސް ޔާމީން ގެ ވައުދެއް." ޝުޖާޢު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ނަމަވެސް ފްލެޓް ކޮމިޓީން ބުނެފައިވަނީ ހިޔާ މަޝްރޫޢުގެ ދަށުން ޢިމާރާތްކުރި 7000 ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ޢާއްމުކުރީ، އެ މީހުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅަށް ބެލުމަށްފަހު ކަމަށެވެ. އަދި ފްލެޓަށް އެދި ފޯމް ހުށައެޅި 25000 މީހުންގެ ތެރެއިން، ދިރިއުޅުމުގެ ޙާލަތު ކަށަވަރުކުރަންޖެހުނު ސޯޅަހާހަށް ވުރެ ގިނަ މީހުންގެ ޙާލަތު އެ ކޮމިޓީން ބަލާފައިވާނެ ކަމަށް ބުނެފައި ވެއެވެ. އަދި ބައެއް ފަރާތްތައް ދިރިއުޅުނު ތަންތަނަށް ޒިޔާރަތްކޮށް ދިރިއުޅުމުގެ ޙާލަތު ވަޒަންކޮށްފައިވާނެ ކަމަށްވެސް ކޮމިޓީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ބައެއް ކެޓަގަރީތަކުން ބާކީވީ ފްލެޓްތައް މާލޭ ރަށްވެހިންގެ ބަޔަށް ބަދަލުކުރުމަކީ ކޮމިޓީގެ ނިންމުމެއް ނޫންކަމަށާއި، އެއީ ކެބިނެޓުން އެކަން ކުރެއްވުމަށް ނިންމެވި ގޮތްކަމަށާއި ބޯހިޔާވަހި ކަމަކީ ހުރިހާ ރައްޔިތުންނަށް ލިބެންޖެހޭ ޙައްޤެއް ކަމަށް ވުމާއެކު، ފްލެޓް ޙައްޤުވާ އެންމެންނަށް ފްލެޓް ލިބުނު ކަމަށް ޤަބޫލު ނުކުރާކަމަށްވެސް ކޮމިޓީން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


5

ކިނބޫ

11-Feb-2021

ރީނދޫ ގުންޑާމެނަށް ދީގެން ނުވާނެ



ޓްރެންޑިން