ދައުވާ އުފުލައި ކޯޓަށް މައްސަލައެއް ހުށަހެޅުމާއެކު ނުފޫޒުގަދަ ބޭފުޅުން ބަލިވުމަކީ މިހާރު ދިވެހި މުޖުތަމައުގައި އާންމުވެފައިވާ ކަމެއް ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ސުލޫކީ މައްސަލައެއްގައި ފަނޑިޔާރު ކަމުން ވަކިކޮށްފައިވާ ހައިލަމް މިހެން ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރައާއި ގޯނާ ކުރި ކަމުގެ ތުހުމަތުގައި މިނިސްޓަރު ކަމުން ވަކިކޮށްފައިވާ އަދި ގިނަ ދައުވާތަކެއް އުފުލާފައިވާ އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންފައިވާ މައްސަލައިގައި ގިނަބައެއްގެ ފާޑުކިއުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
ހައިލަމް ފާހަގަ ކުރެއްވި ފަދައިން މިފަހަކަށް އައިސް ސަރުކާރު ތަކުގެ އިސް ފަރާތް ތަކަށާއި ސިޔާސީ އިސް ފަރާތްތަކަށް ދައުވާ އުފުލުމުން ކޯޓުގައި މައްސަލަ ހިނގަމުންދާއިރުއާއި ހުކުމެއްކޮށް ޖަލުގައި ހައްޔަރު ވުމުން އާންމުގޮތެއްގައި ބޮޑު ބައްޔެއް ހުންނާތީ ނުވަތަ ބައްޔެއް ވެގެން ބޭސް ފަރުވާއަށް ބޭރު ގައުމަކަށް ދާން ހުއްދަ ހޯދަން އަވަސްވެ ގަތުމަކީ މިހާރު އާންކޮށް ހިނގަމުންދާ ކަމެކެވެ.
އަލީ ވަހީދު ފުރާވަޑައިގަތީ، އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ އަމުރު ކޯޓުން ބާތިލް ކުރުމުންނެވެ. ކޯޓުން ޕާސްޕޯޓް ދޫކޮށްލަން އަމުރުކޮށްދިނީ ޑޮކްޓަރުގެ ލިޔުމަކަށް ރިއާޔަތްކޮށް އަދި ދައުލަތުން ވެސް އެ ގޮތަށް އެދުމުންނެވެ.
ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަލި ހާލަތު ހުރި ގޮތުން ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަށް އެދި އެތައް ބަޔަކު އެބަ ތިބި ކަމަށެވެ.
އޭގެ ތެރޭގައި ކުރީގެ ސަރުކާރުގެ އިސް ބޭފުޅުން ވެސް އެބަ ތިއްބެވި ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު އެއިން އެއްވެސް މީހަކަށް ފުރުސަތު ނުދީ ހަމައެކަނި އަލީ ވަހީދަށް ބޭރަށް ވަޑައިގަންނަވަން ފުރުސަތު ދެއްވީ ކީއްވެތޯ ވިދާޅުވެ އޭނާ ސުވާލު އުފައްދަވާފައި ވެއެވެ.
"ކޯޓަށް މައްސަލައެއް ހުށަހެޅުމާއެކު ބަލިވުމަކީ އާންމު ކަމެއް، ރައީސް ކަން ކުރެއްވި ހުރިހާ ބޭފުޅުންގެ ފަރާތުން ވެސް ވަނީ މި މަންޒަރު ފެނިފައި." ހައިލަމް ވިދާޅުވިއެވެ.
އަލީ ވަހީދުގެ މައްޗަށް ޖިންސީ ބޮޑެތި ތުހުމަތުތަކެއްކޮށް ދައުލަތުން އެތައް ދައުވާތަކެއް އުފުލާފައިވަނިކޮށް ފުރައިގެން ދިއުމުގެ ފުރުސަތު ދިނުމުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު