ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު. (ފޮޓޯ: އެންއީއޯސީ)
ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު. (ފޮޓޯ: އެންއީއޯސީ)
މުވައްޒަފުންތަކަކަށް ޖިންސީގޯނާކުރުމުގެ ތުހުމަތުގައި ދަޢުވާއުފުލާފައިވާ ކުރީގެ ފަތުރުވެރިކަމާއި ބެހޭ ވަޒީރު، އަލީ ވަހީދު ފުރުވާލަން ހުއްދައަށް އެދިފައިވަނީ ޕީޖީ އޮފީހުން ކަމަށް ކަށަވަރުވެއްޖެއެވެ.

މިކަން ކަށަވަރުވެފައިވަނީ އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކޮށް އޭނާގެ ޕާސްޕޯޓު ދޫކޮށްލުމަށް އިމިގްރޭަޝަންގެ މައްޗަށް އަމުރުކުރުމަށް ޕީޖީ އިން ކޯޓުގައި އެދިފައިވާކަމަށް ބުނެ ނެރެފައިވާ ކޯޓު އަމުރުންނެވެ. މީސް މީޑިޔާގައި ދައުރުވަމުންދާ މި ކޯޓު އަމުރު ނެރެފައިވަނީ މިމަހުގެ ނުވަވަނަ ދުވަހުއެވެ.

މިކަމާ ގުޅިގެން ބައެއް ނޫސްތަކުގައި ޕީޖީ އާއި ހަވާލާދީ ބުނެފައިވަނީ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން އެދުނީ އޭނާގެ ފުރާނަޔަށް ގެއްލުންވާފަދަ ބައްޔަކަށް ސިއްހީ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާށެވެ. ނަމަވެސް އަލީ ވަހީދަށް މީގެ ކުރިންވެސް ހިމާޔަތްދީފައިވާ އިނގިރޭސިވިލާތަށް އަލުންދިޔުމަށް ޕީޖީ އިން ހުއްދަދޭން ނިންމީ އޭނާގެ ކޮންފަދަ ނުރައްކާތެރި ކޮންބައްޔެއްގެ ސަބަބުން ކަމެއް ނޭނގެއެވެ. އަދި އެބަލީގެ ފަރުވާއަށް އިނގިރޭސިވިލާތަށް ފޮނުވައިދިނީ އެނޫން ގައުމަކުން ފަރުވާ ލިބެން ނެތީމާ ކަމެއްވެސް ހާމަކޮށްފައެއް ނުވެއެވެ.

ޖިންސީ ގޯނާ ކުރުމާއި، ޖިންސީ އަނިޔާ ކުރުމާއި، ބަދުއަޚުލާގީ އަމަލުތައްފަދަ ބޮޑެތި މައްސަލަތަކެއްގެ ތުހުމަތު ކުރެވޭ މީހެއްގެ ޝަރީއްޔަތް ހިނގަމުންދަނިކޮށް އޭނާ ފުރުވާލުމަށް ޕީޖީ އިންނާއި ސަރުކާރުން އެހީތެރިވެދިން ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ އެމައްސަލައިގައި ސަރުކާރަށް ފާޑުކިޔަމުންނެވެ.

ނަމަވެސް ސަރުކާރުން އިއްޔެ ބުނެފައިވަނީ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރިކަން ނޭނގޭ ކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި ދައުވާކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އަދި މިމަސައްލައިގެ އެންމެ ފަހުގެ އަަޑުއެހުމުގައި އަލީ ވަޙީދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު އަމުރު މުރާޖަޢާކޮށް، ޕާސްޕޯޓް ހިފަހައްޓަން ކޯޓުން ނެރުނު އަމުރު ބާތިލްކޮށް ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމަށްޓަކައި އަލީ ވަހީދުގެ ޕާސްޕޯޓް ކޯޓުން ވަނީ ދޫކޮށްލާފައެވެ.

ޕާސްޕޯޓް ދޫކޮށްލުމާއެކު ޖިންސީ ކުށުގެ ދަޢުވާ އުފުލާފައިވާ ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު ރާއްޖެ ދޫކޮށް ފުރައިގެން ދިޔަކަމަށް މައުލޫމާތު ލިބިފައިވެއެވެ. ޕާސްޕޯޓް ދޫކޮށްލުމާއެކު ވަގުތުން ފުރައިގެން ދިއުމަކީ ސަރުކާރާއެކު ހަދާފައިވާ "ޑީލް" އެއްގެ ތެރެއިން ހިނގާ ދިޔަ ކަމެއް ކަމަށް ގިނަ ބަޔަކު ތުހުމަތު ކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


15

ހައްވަ

11-Feb-2021

އެލެކޮސް ބްލެކްމެއިލް ކޮށްގެން ޕާސްޕޯޓް ހޯދައިގެން ރައްކާވީއޭ ކިޔާ.



ޓްރެންޑިން