މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވަނިކޮށް ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރިން ހިމާޔަތްދީފައިވާ ގައުމަކަށް ދިއުމަށް ހުއްދަ ދިނުމަކީ ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓް ކުރުމަށް އެޅުނު ބޮޑު ހުރަހެއް ކަމަށް ވިދާޅުވެ ކުރީގެ ވަޒީރު އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަނީސާ އަހުމަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން ނެރެފައިވާ އަމުރު ބާތިލުކޮށްދިނުމުން އޭނާ ވަނީ ބޭސްފަރުވާއަށް ބޭރަށް ވަޑައިގެންފައެވެ. އަލީ ވަހީދު ވަޑައިގެންނެވީ އިނގިރޭސިވިލާތަށް ކަމަށް އެނގިފައިވެއެވެ. ރައީސް ޔާމީންގެ ސަރުކާރުގައި އިދިކޮޅުން ހިންގި މޭޑޭގެ ހަރަކާތް ތަކާއި ގުޅިގެން ދައުވާ އުފުލުމުންވެސް އަލީ ވަހީދު ވަޑައިގެންނެވީ އިނގިރޭސިވިލާތަށެވެ. ވެރިކަން ބަދަލުވަންދެން އޭނާ ހުންނެވީ އެ ގައުމުގެ ހިމާޔަތުގައެވެ.
ޖިންސީ ގޯނާކުރުމުގެ ދައުވާ އުފުލާފައިވާ އަލީ ވަހީދުގެ ޕާސްޕޯޓު ކްރިމިނަލް ކޯޓުން ދޫކޮށްލާފައި ވަނީ އޭނާގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހޭކަން ޑޮކްޓަރުން ކަށަވަރުކޮށްދިނުމުން ކަމަށް ކޯޓުން ބުނެއެވެ.
އަލީ ވަހީދު ބޭރަށް ފުރާވަޑައިގެންނެވި މައްސަލައަށް އިޝާރާތްކުރައްވާ އަންހެނުންގެ ހައްގުތަކަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވާ އަނީސާ ވިދާޅުވީ މުވައްޒަފުންތަކަކަށް ޖިންސީގޯނާ ކުރުމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވަނިކޮށް އެ މީހަކަށް ކުރިން ހިމާޔަތްދީފައިވާ ގައުމަކަށް ދިއުމަށް ހުއްދަ ދިނުމަކީ ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓް ކުރުމަށް އެޅުނު ބޮޑު ހުރަހެއް ކަމަށެވެ.
"ރިޕޯޓުކުރުމަށް ފަސްޖެހެނީވެސް މުއަައްސަސާތަކުން ސީރިއަސްކޮށް ނުނަގާތީ،" ރައީސް ސޯލިހާއި ޕީޖީ އޮފީހަށް ޓެގް ކުރައްވާ އަނީސާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
އަނީސާ ވަނީ ޖިންސީ ގޯނާގެ ތުހުމަތު ކުރިން ކުރެވުނު ސަރުކާރުގެ ވެރިން ހިމާޔަތްކުރި އުސޫލުން ހިމާޔަތް ކުރާ ބޭފުޅަކަށް އަލީ ވަހީދު ވެވަޑައިނުގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުއްލިގޮތަކަށް ބޭރަށް ވަޑައިގެންނެވިކަން ފުރަތަމަ އެނގުނީ ނޫސްތަކުގައި ލިޔެފައިވާ ހަބަރުތަކުން ކަމަށް ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒް އިއްޔެ ވަނީ ވިދާޅުވެފައެވެ.
އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައިވާއިރު، އޭގެ ތެރޭގައި ޖިންސީ ކުށުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ އާއި އެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާއާއި ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ ވެސް ހިމެނެއެވެ. މީގެއިތުރުން ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ އާއި އެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާ އާއި އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާއެއް ވެސް އަލީ ވަހީދުގެ މައްޗަށް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު