ކޯވިޑް-19 ރޯގާއިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ އިތުރު 5000 ޑޯޒް މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންމެ ފުރަތަމަ ރާއްޖޭގެ ކޯވިޑް-19 ތަރުޖަމާނުކަން ވެސް ކުރެއްވި މަބްރޫކް ވިދާޅުވީ، މިއަދު 5000 ޑޯޒް ވެކްސިން ލިބޭނެ ކަމަށާއި މިމަހުގެ ތެރޭގައި އިތުރު 100،000 ޑޯޒް ވެކްސިން ރާއްޖެ ގެންނާނެ ކަމަށެވެ. އަދި އިތުރު ގައުމުތަކާއި އެކީ ވެކްސިންގެ ކަންކަމާ މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.
އެޗްޕީއޭއިން މިއަދު ބުނީ ހެއުއެދޭ ފަރާތަކުން ހަދިޔާކުރި މި ވެކްސިނަކީ ޗައިނާއިން އުފެއްދި ވެކްސިން ކަމަށެވެ.
ރާއްޖޭގައި މިހާރު ޖަހަމުން ދަނީ އިންޑިއާ ސަރުކާރުން ހިލޭ ރާއްޖެއަށް ހަދިޔާކުރި "ކޯވިޝީލްޑް" ވެކްސިން އެވެ. މިދިޔަ ޖެނުވަރީ މަހުގެ 20 ވަނަ ދުވަހު ކޮވިޝީލްޑުގެ 100،000 ޑޯޒް ވަނީ ރާއްޖެ ގެނެސްފަ އެވެ.
ރާއްޖޭގައި ވެކްސިން ދޭން ފަށާފައި ވަނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. އިންޑިއާއިން ހަދިޔާކުރި ވެކްސިން 50،000 މީހުންގެ ގަޔަށް ޖެހޭނެ ކަމަށް އެޗްއީއޯސީ އިން ވަނީ ލަފާކޮށްފަ އެވެ. މިހާތަނަށް ރާއްޖޭގައި 20000އާ ގާތްކުރާ އަދަދަކަށް މީހުން ވަނީ ވެކްސިންގެ ފުރަތަަމަ ޑޯޒް ޖަހާފަ އެވެ.
އަވަށްޓެރި ޗައިނާއިން ވެސް ވަނީ ރާއްޖެއަށް އެއް ލައްކަ ޑޯޒްގެ ވެކްސިން ދޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު