ރ. އަލިފުށީ ގެ ގެއެއްގައި އެކަހެރިކުރެވިފައި ހުރި ކުޑަ ކުއްޖަކު ކޯވިޑް-19އަށް ފައްސިވެއްޖެއެވެ.
އެ ކުއްޖާ ފައްސިވެފައިވާކަން އެނގުނީ ކަރަންޓީން މުއްދަތު ހަމަވެގެން ސުންކު ނަގައި ތަހުލީލުކުރުމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އެއް މަހުގެ ކުޑަ ކުއްޖެކެވެ.
އެ ކުއްޖާ ކޯވިޑް-19އަށް ފައްސިވުމާ ގުޅިގެން ގާތުން އެއްތާވީ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ކޯވިޑް19އަށް މިހާތަނަށް ރާއްޖޭން ފައްސިވެފައިވަނީ 14993 މީހުނެވެ.
ކޯވިޑް-19ގައި މިހާތަނަށް ރާއްޖެއިން 54 މީހުން ވަނީ ނިޔާވެފައެވެ. އެއީ 46 ދިވެހިންނާއި 8 ބިދޭސީންނެވެ.

ކިޔުންތެރިންގެ ހިޔާލު