ޖެންޑާ މިނިސްޓަރ ޑރ. އައިޝަތު މުހައްމަދު ދީދީ
ޖެންޑާ މިނިސްޓަރ ޑރ. އައިޝަތު މުހައްމަދު ދީދީ
ޖިންސީ ފުރައްސާރަައިގެ މައްސަލަތައް ބަލަނީ ވަކި ފަރާތަކަށް ޖެހިގެން ނޫންކަމަށް ޖެންޑާ މިނިސްޓަރ ޑރ. އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެކަމަނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ‏ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވާ ފަރާތްތަކާއި އެ ފަދަ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތްތަކާމެދު އިންޞާފު ޤާއިމުކުރުމުގެ މައިގަނޑު އަސާސަކީ ވަކިފަރާތަކަށް ނުޖެހި، ދެގޮތެއްނުވެ، ހަރުދަނާގޮތެއްގައި އެ ފަދަ މައްސަލަތައް ބަލައި ހިންގޭނެ އިޖުރާއަތުތަކެއް ޤާއިމުކުރުން ކަމަށެވެ.

"ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވާ ފަރާތްތައް އަދި އެ ފަދަ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތްތަކާމެދު އިންޞާފު ޤާއިމުކުރުމުގެ މައިގަނޑު އަސާސަކީ ވަކިފަރާތަކަށް ނުޖެހި، ދެގޮތެއްނުވެ، ހަރުދަނާގޮތެއްގައި އެ ފަދަ މައްސަލަތައް ބަލައި ހިންގޭނެ އިޖުރާއަތުތަކެއް ޤާއިމުކުރުން." ޑރ. އައިޝަތު މުހައްމަދު ދީދީ ވިދާޅުވިއެވެ.

މިމައްސަލައިގައި “ރަސް އޮންކައިން”އާ ވާހަކަދައްކަވަމުން ޖެންޑަރ މިނިސްޓަރ ވިދާޅުވީ ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވާ ފަރާތްތަކާ އަދި އެ ފަދަ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތްތަކާމެދު އިންޞާފު ޤާއިމުކުރުމުގެ މައިގަނޑު އަސާސަކީ ވަކިފަރާތަކަށް ނުޖެހި، ދެގޮތެއްނުވެ، ހަރުދަނާގޮތެއްގައި އެ ފަދަ މައްސަލަތައް ބަލައި ހިންގޭނެ އިޖުރާއަތުތަކެއް ޤާއިމުކުރުން ކަމަށެވެ.

“އެ ފަދަ މައްސަލައެއް ބެލުމުގެ ތެރޭގައި އެދެވިގެން ނުވާ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން ޢަމަލުކުރާ ނަމަ، ނިޒާމާމެދު އޮންނަ އިތުބާރު ކުޑަވެ، އެ ފަދަ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކާމެދު އިންޞާފުން ކަންކަން ކުރެވިގެން ދިޔުމުގެ ޔަޤީންކަން ގެއްލިގެންދާނެ.”އެކަމަނާ ވިދާޅުވިއެވެ.



އެހެންކަމުން، ވަކިފަރާތަކަށް ނުޖެހި، ހަމަހަމަކަމާއެކު އެ ނިޒާމު ހިންގުމުގައި ސާބިތުވެ ތިބުމަށް ޓަކައި ބޭނުންވާނެ އެންމެހައި ކަންކަން ފަރުވާތެރިކަމާއެކު އިޚްތިޔާރުކުރުމަކީ މުހިންމުކަމެއް ކަމެއްވކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

“ޖިންސީ ފުރައްސާރައާއި އަނިޔާގެ ޢަމަލުތައް ރިޕޯޓުކުރެވެނީ ވަރަށް ބޮޑު ހިތްވަރެއް ލިބިގެން.” ޑރ. އައިޝަތު މުހައްމަދު ދީދީ ވިދާޅުވިއެވެ.



އެކަމަނާ ވިދާޅުވީ އެ ފަދަ ޢަމަލުތަކާ ދެކޮޅަށް ތެދުވާ ފަރާތްތަކަށް އިންޞާފު ލިބިދިނުމަށް ޓަކައި އެކަމުގެ ޒިންމާ މަތިކުރެވިފައިވާ އެންމެހައި ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަކީ މުހިންމުކަމެއް ކަމަށެވެ. އަދި ޤާނޫނު ތަންފީޒުކުރެވެންވާނީ އެންމެންގެ މެދުގައި ހަމަހަމަކަމާއެކުގައި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައި މިވަނީ، ޖިންސީ ފުރައްސާރަައާއި ޖިންސީ ގޯނާގެ ތުހުމަތުތެއް ކުރެވި ދައުވާ އުފުލާފައިވާ، ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ފުރުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެފައި ވަނިކޮށެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ ކޮށްފައި ވެއެވެ. އަލީ ވަހީދު ވަނީ އެ ހުރިހާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.

އަލީ ވަހީދު މަގާމުން ވަކި ކުރީވެސް ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެންނެވެ. އޭނާ މަގާމުން ވަކިކުރީ، އިސްތިއުފާ ދެއްވުމަށް އެންގުމަށްފަހު މަގާމުން އިސްތިއުފާ ނުދިނުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން