ޝެއިޚް އަލީ ޒައިދު އަދި ޑރ. މުއިއްޒު
ޝެއިޚް އަލީ ޒައިދު އަދި ޑރ. މުއިއްޒު
އިސްލާމް ދީނުގެ އިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދަށް ހުޅުމާލޭ ދެ ވަނަ ފިޔަވަހިން ފްލެޓް ލިބުން ސިޔާސީކޮށް ހަގީގަތާ ޚިލާފަށް ވާހަކަތައް ފަތުރަމުންދާ މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުއިއްޒު ވެސް ޒައިދުގެ ދިފާޢުގައި ވާހަކަދައްކަވައިފިއެވެ.

ޕީޕީއެމްގެ ބައެއް އެކްޓިވިސްޓުންނާއި ބައެއް ނޫސްތަކުން ހިޔާ މަޝްރޫޢުން ޒައިދަށް ފްލެޓް ލިބުން ސިފަކުރީ ރައީސްް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދުކޮށް ޓުވިޓާގައި ގިނައިން ހިޔާލު ފާޅުކުރައްވާތީ ދިން ހަދިޔާއެއްގެ ގޮތުގައެވެ.

ނަމަވެސް، އެ ވާހަކަތައް ޒައިދު ވަނީ ދޮގުކުރަށްވާފައެވެ. ޒައިދު ވިދާޅުވި ގޮތުގައި ރައީސް ޔާމިންގެ ސަރުކާރުން އާންމުކުރި ލިސްޓްގައި ވެސް އޭނާގެ ނަން އޮތް ކަމަށެވެ. އަދި އޭރު ވެސް މިހާރު ވެސް ފްލެޓް ހޯދަން ސަރުކާރުގެ ބޭފުޅަކަށް ގުޅުއްވާ ހައްދަވާފައި ނުވާނެ ކަމަށް ޒައިދު ވިދާޅުވި އެވެ.

ޒައިދުގެ އެ ވާހަކަތަކަށް ޓްވިޓަރގައި ޑރ. މުއިއްޒު ވެސް ތާއިދުކުރެއްވިއެވެ.

"އަޅުގަނޑަށް ޝެއިޚް ނުގުޅާ އެއްވެސް އިރެއްގައި އެއްވެސް ކަމަކު." މުއިއްޒު ވިދާޅުވި އެވެ. އަދި ދޮގު އިލާޒާމް އަޅުވައިގެން މީހުން ވާހަކަ ދައްކާނެ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޒައިދު ދިފާއުކުރަށްވާފައެވެ.

ޝައިޚް އަލީ ޒައިދަށް ފްލެޓު ލިބިފައިވަނީ ކައިވެނި ކޮށްގެން އުޅޭ ފަރާތްތަކުގެ ތެރެއިން 18 އަހަރާއި 40 އަހަރާ ދެމެދުގެ (އެޗް7) މީހުންނަށް ހާއްސަ ކުރި ކެޓެގަރީންނެވެ. ހިޔާ ފްލެޓަށް އަލީ ޒައިދު ކުރިން އެޕްލައި ކުރުމުން ޖުމްލަ ލިބިފައިވަނީ 63 ޕޮއިންޓެވެ. އެއީ ދިރިއުޅުމުގެ ހާލަތަށް 13 ޕޮއިންޓު، އާއިލާގެ ކުޑަ ބޮޑުމިނަށް ބަލާ 40 ޕޮއިންޓު، އަދި ވަޒީފާގެ މުއްދަތަށް 10 ޕޮއިންޓެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އުފައްދަވާފައިވާ ފްލެޓު ކޮމިޓީން ވަނީ ދިރިއުޅުމުގެ ހާލަތު ރަނގަޅަށް ބަލައި އަލީ ޒައިދުގެ ދިރިއުޅުމުގެ ހާލަތަށް ދިން ޕޮއިންޓު 20.4 އަށް އިތުރުކޮށްފައެވެ. އެއާއި އެކު އޭނާއަށް ލިބުނު ޖުމްލަ ޕޮއިންޓު 70.4އަށް ވަނީ އިތުރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-7

ރެނދު ސަރުކާރު

18-Feb-2021

މުއިއްޒު ދިފާއު ކުރިއަކަސް ހެވޭ. ދިރިއުޅުމުގެ ހާލަތަށް މިފަހަރު ޕޮއިންޓް އިތުރުވީ ރެނދު ލާފަ ހުރީމަހެއްޔޭ މިއަހަނީ. ކޮންތާކުހޭ ރެނދު ހުރީ?



ޓްރެންޑިން