ފުވައްމުލަކު ސިޓީ
ފުވައްމުލަކު ސިޓީ
ފުވައްމުލަކު ސިޓީން އިތުރު 3 މީހަކު ކޯވިޑް-19ށް ފައްސިވެއްޖެއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ހާމަކޮށްފައިވާގޮތުގައި، ފުވައްމުލަކު ސިޓީން ކޯވިޑް-19ށް ފައްސިވި އިތުރު 3 ކޭސް ފެނި، އެ ސީޓީން ފެނުނު ކޭސްތަކުގެ ޖުމުލަ އަދަދު 14ށް އަރާފައިވެއެވެ.

ކޯވިޑް-19ގެ ކޭސްތައް ފެންނަމުންދާ މިންވަރު އިތުރުވުމާއެކު ފުވައްމުލަކު ސިޓީގައި މިހާރު ވަނީ ރޭގަނޑު 08:00ން ފަތިހު 04:00ށް ކާފިއު އިއުލާންކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހުކުރު ދުވަހު ނެރިފައިވާ އިއުލާނެއްގައި، ހޮނިހިރު ދުވަހުން ފެށިގެން 7 ދުވަހުގެ މުއްދަތަކަށް ފުވައްމުލަކު ސިޓީގައި ރޭގަނޑު 08:00ން ފަތިހު 04:00ށް ކާފިއު ހިންގައި، އެއްގަމު އުޅަނދު ދުއްވުން މަނާކޮށް، ފުވައްމުލަކު ސިޓީގައި ޕާޓީތަކާއި ޙަފްލާތައް ބޭއްވުންވެސް މަނާކޮށްފައިވެއެވެ.

މީގެ އިތުރުން، ގޭގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށްވެސް އެޗްޕީއޭން ވަނީ އަންގާފައެވެ. އަދި އެއްފަހަރާ 3 މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުންވެސް ހުއްޓާލުމަށް އަންގާފައިވާއިރު، ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަންވެސް ބަންދު ކުރުމަށް އެ ވުޒާރާން ވަނީ އަންގާފައެވެ.

މި އެންގުމުގެ ދަށުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ސަލާމަތީ އަދި ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ މީހުންނާއި، އައްޑޫ ޓާސްކްފޯހުގައި ހިމެނޭ ފަރާތްތަކުގެ އިތުރުން، އިމަރޖެންސީކޮށް ސިއްޙީ ޚިދުމަތް ހޯދަންޖެހޭ ފަރާތްތައް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން